ޗައިނާއިން އުފައްދާފައިވާ ކޮރޯނާ ވައިރަސް ޖަހައިފައިވާ މީހުންނަށް ވިލާތު އިއްތިހާދުގެ ގައުމުތަކަށް ނުވަދެވޭނެއެވެ. ވިލާތު އިއްތިހާދުން މިއަދު ވަނީ ވެކްސިން ޕާސްޕޯޓާ ބެހޭ ޕޯޓަލް އިފްތިތާހު ކޮށްފައެވެ. މި ޕޯޓަލް ރަސްމީކޮށް ހުރިހައި މެމްބަރު ގައުމަކުން ބޭނުން ކުރަން ފަށާނީ މި މަސް ނިމިގެންނެވެ.

ވިލާތު އިއްތިހާދުން އިޢްލާން ކޮށްފައިވާ ގޮތިގައި މެންބަރު ގައުމުތަކުން ވެކްސިންގެ ޑޯޒް ފުރިހަމަ ކޮށްފައިވާ ކަމަށް ބަލާނީ އިއްތިހާދުން ބަލައިގެންފައިވާ ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކޯށްފައިވާ ފަރާތްތައް އެކަންޏެވެ.

ވިލާތު އިއްތިހާދުން ގަބޫލުކުރާ ވެކްސިންގެ ޑޯޒްތަކަކީ ފައިޒާއާއި ޖޯންސަން އެންދް ޖޯންސަންއާއި މޮޑާނާއާއި އެސްޓްރާޒެނެކާގެ ވެކްސިންތަކެވެ.