އެމެރިކާގައި ކަޅު މީހުންގެ ނަސްލު ނެތިކޮށްލުމަށް 1921 ގައި ހިންގާފައިވާ ގަތުލު އާންމުން ފިލާވަޅު ލިބިގަންނަން ޖެހޭނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއެވެ. ބައިޑެން ވަނީ އެމެރިކާގައި ހިންގާފައިވާ މި ޖަރީމާއިން ސަލާމަތްވި މީހުންނާ ބައްދަލު ކުރައްވާފައެވެ.

"މިއީ މީހުންގެ ހަމަނުޖެހުމެއް ނޫން. މިއީ ގަތުލުއާންމެއް" ބައިޑެން ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި މިއީ އެއް ހާދިސާއެވެ. އެކަމަކު މިއީ އެމެރިކާގައި ހިންގާފައިވާ މިފަދަ ހަމައެކަނި ހާދިސާއެއް ނޫން ކަމަށެވެ.

ބައިޑެން ވަނީ އެމެރިކާގައި އާންމުކޮށް ހިންގަމުން ގެންދާ ނަސްލުތައް ނެތިކޮށްލުމުގެ އަމަލުތަކަށް ހީމުން ހައްސާސް ކުރުމަށް ހިންގާ ޕްރޮގްރާމުތަކަށް ބިލިއަން ޑޮލަރުން ހޭދަ ކުރުމަށް ނިންމަވާފައެވެ.

އެމެރިކާއަކީ ފެށުނިއްސުރެން ހުދު ނަސްލުން ކުލައިގެ ނަސްލުގެ މައްޗަށް ގަދަވެގެން އަޅުދާސްކޮށް ވެރިކަން ކުރަމުން އައިސްފައިވާ ގައުމެކެވެ.،

އިންސާނުން އެފްރިކާއިން ވަގަށް ނަގައިގެން ބާޒާރުގައި ނީލަން ކިޔުމަކީ އެމެރިކާގައި މުހިންމު އިގްތިސާދީ ހަރަކާތެކެވެ. މިއަދުވެސް ކަޅު މީހުންނާއި އަސްލު ވަޒަންވެރިންނާއި އޭޝިއާ ދަރިކޮޅުގެ މީހުންނާ މެދު އެމެރިކާގައި ފާޅުގައި ތަފާތު ކުރެވެއެވެ. މުސްލިމުންނާއި ސިކުންނާ މެދުވެސް ތަފާތު ކުރެވެއެވެ. ނސްލީ ނަފްރަތު އުފެއްދުމަކީ އާދައިގެ ކަމެކެވެ. ކުރީގެ ރައީސް ތްރަމްޕްގެ ނިޒާމަކީ މީގެ މިސާލެކެވެ.

މެއި 31 1921 ގައި އެމެރިކާގެ ހުދު މީހުން ހިންގާފައިވާ މި ޖަރީމާގައި ކަޅު ޒުވާނަކު ސަލާމަތް ކުރަން ދިޔަ ކަޅު ބަޔަކާ ހުދު މީހުން ކުރިމަތިލައި އެމީހުންގެ ގަޔަށް ބަޑި ޖެހީއެވެ. ފަހުން އެމީހުންގެ އަވަށްތައް ލޫޓްވާލައި އެމީހުންގެ އަވަށް އަންދާލީއެވެ.

މުއައްރިޚުން ބުނާ ގޮތުގައި 300 މީހުންގެ ފުރާނަ ގެއްލި ދިހަ ހާސް މީހުން މަގުމަތި ވެގެން ދިޔައެވެ. މިކަމަށް މާފަހުން މަސްއޫލުވެރިން ވަނީ މައާފަށް އެދިފައެވެ.