ޕާކިސްތާންގައި 2020ގައި 2960 ކުދިންނަށް ޖިންސީ ގޯނާ ކޮށްފައި ވެއެވެ. މިކަން ހާމަ ކޮށްފައި ވަނީ ސާހިލް އެންޖީއޯއިން ލާހޯރު ޕްރެސް ކްލަބްގައި ނެރުނު ރިޕޯޓެއްގައެވެ. މިއީ ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް މީހުން ހޭލުންތެރި ކުރުމަށް މަސައްކަތް ކުރާ ޖަމުއިއްޔާއެކެވެ. މި ޖުމުލަ އަދަދުގެ ތެރޭން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ 2587 މައްސަލައެވެ.
- · 1510 އަންހެން ކުދިން އަދި 1450 ފިރިހެން ކުދިން ޖިންސީ ގޯނާގެ ޝިކާރައަކަށް 2020ގައި ވިއެވެ.
- · މިއީ ކުރީގެ އަދަދުތަކާ އަޅާ ބަލާއިރު ދުވާލެއްގެ މައްޗަށް 8 އިންސައްތަ އިތުރު އަދަދެކެވެ.
- · މި މައްސަލަތައް ގިންތިކޮށްލާއިރު، ވަގަށް ނެގުމުގެ 673 މައްސަލައާއި، ރޭޕް ކުރުމުގެ 305 މައްސަލައާއި ފިރިހެން ކުދިންނާ ޖިންސީ ގުޅުން ހިންގުމުގެ 459 މައްސަލައާއި ގޭންގް ރޭޕްގެ 98 މައްސަލައަކާއި ގޭގް ބައިވެރިވެގެން ފިރިހެން ކުދިންނާ ޖިންސީ ގުޅުން ހިންގުމުގެ 189 މައްސަލައެއް ހިމެނެއެވެ.
- · ޖިންސީ ގުޅުން ހިންގުމަށްފަހު 37 ފިރިހެން ކުދިންނާއި 27 އަންހެން ކުދިން މަރާލާފައި ވެއެވެ.
- · ގްރޫޕެއްގެ މީހުން ވެގެން ބެހުނު 7 ފިރިހެން ކުދިންނާއި ގްރޫޕް މީހުން ވެގެން ބެހުނު 3 އަންހެން ކުއްޖަކުވެސް މަރާލާފައި ވެއެވެ.
- · އުމުރު ނުފުރާ 119 ކުއްޖަކު ގަދަކަމުން ކައިވެނި ކޮށްދިން މައްސަލައެއް މީގައި ހިމަނާފައި ވެއެވެ.
- · 345 ކުއްޖަކު ވަނީ ގެއްލިގެން ވީނުވީއެއް ނޭނގިފައެވެ.
- · ރިޕޯޓްކޮށްފައިވާ 2960 މައްސަލާގެ ތެރޭން 1579 މައްސަލާގައި ޖަރީމާ ހިންގާފައިވާ މީހާއަކީ ކުއްޖާ ނުވަތަ އެކުއްޖާގެ އާއިލާއާ ގާތް މީހެކެވެ. ނުދަންނަ މީހުންގެ ފަރާތުން ކުޑަކުދިން ޖިންސީ ޝިކާރައަކަށް ވެފައިވަނީ 289 މައްސަލާގައެވެ.
- · މި މައްސަލަތަކުގެ ތެރޭން 1020 މައްސަލާގައި ހިމެނޭ ކުދިންގެ އުމުރަކީ، 11 އަހަރާއި 15 އަހަރާ ދެމެދުއެވެ. ދެން އުޅެނީ 6 އަހަރާ 10 އަހަރާ ދެމެދުގެ ކުދިންނެވެ.
- · ކުދިންނަށް ޖިންސީ ގޯނާ ކޮށްފައިވާ މާހައުލު ގިންތި ކުރަމުން ރިޕޯޓްގައި ބުނެފައި ވަނީ 678 ކުދިންނާ ބެހިފައި ވަނީ އެކުދިންގެ އަމިއްލަ ގެވެށީގައެވެ. 460 ކުދިންނާ ބެހިފައި ވަނީ ދަނޑުގައި ނުވަތަ މަގުމަތީގައި ނުވަތަ ގަބުރުސްތާންގައި ނުވަތަ ޖަންގަލީގައެވެ. އަދި ކިޔަވާ ތަނާއި ސާހިބު މީހާގެ ގޭގައިވެސް ބެހިފައިވާ ކަމަށް ބުނެފައި ވެއެވެ.
- · އެންމެ ގިނަ މައްސަލަތައް ރިޕޯޓް ކޮށްފައި ވަނީ ޕަންޖާބުންނެވެ. އެއަށްފަހު ސިންދު ޕްރޮވިންސް އަދި ޚައިބަރު ޕަޚްތޫންޚުވާއާއި ބަލޯޗިސްތާނާއި ކަޝްމީރާއި ގިލްގިޓްބޯލްޓިސްތާނުންނެވެ.