އައްޑޫސިޓީން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާތަނަށް 145 މީހުން ބަލިން ފަސޭހަ ވެއްޖެއެވެ.
އައްޑޫއިން މިބައްޔަށް ޖުމްލަ 302 މީހުން މިހާތަނަށް ވަނީ ޕޮޒިޓިވް ވެފައެވެ. އެކްޓިވް ކޭސްގެ ގޮތުގައި މިހާރު ތިބީ 155 މީހުންނެވެ. އެއީ ހިތަދޫގައި 111 މީހުނާއި މަރަދޫގައި 11 މީހުނާއި މަރަދުފޭދޫގައި 2 މީހަކާއި ފޭދޫގައި 2 މީހަކާއި ގަމުގައި މީހަކާއި ހުޅުދޫގައި 26 މީހުންނާއި މީދޫގައި މީހަކާއި ސައުތޫޕާމް ރިސޯޓުގައި މީހެކެވެ.
މިއަދު އައްޑޫ ސިޓީން ޕޮޒިޓިވް ވެފައިވަނީ 5 މީހެކެއެވެ. އެއީ ހުޅުދޫން 4 މީހަކާއި ހިތަދޫން މީހެކެވެ. ހުޅުދޫއިން ޕޮޒިޓިވްވީ ޑައިރެކްޓް ކޮންޓެކްޓްސްގެ ގޮތުގައި ތިބި މީހުންނެވެ. ހިތަދޫން ޕޮޒިޓިވްވީ ފުލޫކުލިނިކަށް ދެއްކި މީހެކެވެ.
މިބަލިގައި އައްޑޫއިން ވަނީ 2 މީހަކު ނިޔާވެފައެވެ. މިބަލީގައި 3 މީހަކު މިހާރުވެސް ގެންދަނީ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންނެވެ.