ކޮވިޑް-19 ޖެހިގެން އަނެއްކާވެސް ރާއްޖެއިން މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ބުނެފައިވަނީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ 62 އަހަރުގެ ފިރެހެނެއް މިއަދު މަރުވެފައިވާ ކަމަށެވެ. މި މީހާ މަރުވެފައިވަނީ ރޭ 12:48ހާ އިރު ކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.

މިއީ ރާއްޖެއިން ކޮވިޑް-19 ޖެހިގެން މަރުވި 172 ވަނަ މީހާއެވެ.