އައްޑޫ ސިޓީން އިތުރު 3 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ ކަމަށް އައްޑޫ އިމެޖެންސީ އޮޕަރޭޝަން ސެންޓަރުން މައުލޫމާތު ދެއްވައިފިއެވެ.

ފާއިތުވި 24 ގަޑިއިރުތެރޭގައި އައްޑޫ ސިޓީން ޕޮޒިޓިވް ވެފައިވަނީ ހިތަދޫން ދެ މީހަކާއި މަރަދޫން މީހެކެވެ. މި ތިން މީހުންނަކީ ވެސް ޑައިރެކްޓް ކޮންޓެކްޓުން ކަމަށް އެސެންޓަރުން ވިދާޅުވިއެވެ.

މިބަލިން ރަނގަޅުވެގެން މިއަދުވަނީ 5 މީހުން ދޫކޮށްލައިފައެވެ. އެކްޓިވް ކޭސްގެ ގޮތުގައި މިހާރު ހިތަދޫގައި ތިބީ 78 މީހުންނެވެ. ފޭދޫގައި ތިބީ 2 މީހުންނެވެ. މަރަދޫގައި 8 މީހުންނެވެ. މަރަދޫފޭދޫގައި 2 މީހުންނެވެ. ސައުތުޕާމް ރިސޯޓުގައި 1 އެވެ. ގަމުގައި ވެސް 1 އެވެ. ހުޅުދޫގައި 26 މީހުންނެވެ. މީދޫގައި އެކެވެ.

އައްޑޫ ސިޓީގައި މިހާތަނަށް 308 މީހުންނަށް މިބަލި ޖެހިފައިވެއެވެ. އޭގެ ތެރެއިން 187 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. މިހާރު އެކްޓިވް ކޭސްގެ ޖުމްލައަކީ 119 އެވެ. މި ބަލީގައި އައްޑޫން ވަނީ 2 މީހަކު ނިޔާވެފައެވެ.