ފާއިތިވި 24 ގަޑިއިރުތެރޭގައި އައްޑޫ ސިތީން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ އެންމެ މީހެއް ކަމަށް އައްޑޫ އީއޯސީން ވިދާޅުވެއްޖެއެވެ. އައްޑޫ ސިޓީން ޕޮޒިޓިވެފައިވަނީ ފޭދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހެކެވެ.

އައްޑޫސިޓީން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާތަނަށް ވަނީ 195 މީހުން ބަލިން ފަސޭހަ ވެއްޖެއެވެ. އައްޑޫއިން މިބައްޔަށް ޖުމްލަ 309 މީހުން މިހާތަނަށް ވަނީ ޕޮޒިޓިވް ވެފައެވެ. އެކްޓިވް ކޭސްގެ ގޮތުގައި މިހާރު ތިބީ 112 މީހުންނެވެ. އެއީ ހިތަދޫގައި 71 މީހުނާއި މަރަދޫގައި 8 މީހުނާއި މަރަދުފޭދޫގައި 2 މީހަކާއި ފޭދޫގައި 3 މީހަކާއި ގަމުގައި މީހަކާއި ހުޅުދޫގައި 26 މީހުންނާއި މީދޫގައި މީހަކާއި ސައުތުޕާމް ރިސޯޓުގައި މީހެކެވެ.

މިބަލިގައި އައްޑޫއިން ވަނީ 2 މީހަކު ނިޔާވެފައެވެ. މިބަލީގައި 3 މީހަކު މިހާރުވެސް ގެންދަނީ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންނެވެ.