މާލެ އަތޮޅު ކުޑަ ވިލިނގިލި ރިސޯޓް ހުޅުވައިި ހިދުމަތަށް ގެނެސްފި އެވެ.

ގާތްގަނޑަކަށް 130 މިލިއަން ޑޮލަރު ހަރަދުކޮށްގެން ތަރައްގީކުރި ކުޑަ ވިލިނގިލި ރިސޯޓު ހުޅުވާފައި ވަނީ އިއްޔެ އެވެ. ރިސޯޓު ހުޅުވައިދެއްވީ އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ސަންޖޭ ސުދީރެވެ.

ކުޑަވިލިނގިލި ތަރައްގީކޮށްފައިވަނީ އިންޑިއާގެ އެމްފާ ގްރޫޕުންނެވެެ. މި ރިސޯޓުގައި 59 ބީޗް ވިލާ އާއި 36 މޫދު ވިލާ ހުރެ އެވެ. ޖުމްލަ 95 ވިލާ ހުރި މި ރިސޯޓު ފަރުމާ ކުރުމުގައި އޭޝިއާގެ ކުލަވަރުގެ އިތުރުން ރާއްޖޭގެ އާޓް ބޭނުން ކޮށްފައިވެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން 25 މިނެޓުން ދެވޭ ރާސްތާއެއްގައި ތަރައްގީކޮށް ހުޅުވި މި ރިސޯޓަކީ ހަނީމޫނަށް ރާއްޖެ އަންނަ މީހުންނަށާއި ލޯބިވެރިންނަށް އަދި އާއިލާތަކާއި ރައްޓެހިންނަށް ވެސް ހާއްސަ ރިސޯޓެކެވެ.