އިންޑިއާއިން މެއި މަހު ޖީއެސްޓީގެ ގޮތުގައި 1.03 ޓްރީލިއަން ރުޕީސް (14 ބިލިއަން ޑޮލަރު) ހޯދައިފި އެވެ. އެޕްރީލް މަހު ލިބިފައި ވަނީ 1.41 ޓްރީލިއަން ރުޕީސް އެވެ.
އެޕްރީލް މަހުވެސް އިންޑިއާއަށް ރެވެނިއުގެ ގޮތުގައި ލިބިފައި ވަނީ އާންމުކޮށް ލިބޭ ވަރަށް ވުރެން 27 އިންސައްތަ ދަށް އަދަދެކެވެ.
ކޮވިޑް19 އާ ގުޅިގެން ދަތި ފިޔަވަޅުތައް އެޅުމުން ވިޔަފާރި ތަކަށް ބޮޑެތި ގެއްލުންތައް ވެފައި ވެއެވެ. އަދި ސަރުކާރަށް ލިބޭ ޖީއެސްޓީވެސް އުނިވެގެން ގޮސދްފައި ވެއެވެ.
އިންޑިއާގެ ރިޒާވް ބޭންކުން ހެދި ސާވޭއެއްގައި ދައްކަނީ އިންޑިއާގައި ކޮންސިއުމާ ކޮންފިޑެންސް ވަރަށް ބޮޑުތަން ދަށްވެފައިވާ ކަމަށެވެ. އަދި ގޭބިސީގެ ޚަރަދުތައްވެސް ދަށްވެފައިވާ ކަމަށެވެ.
އިންޑިއާއިން ބުނިގޮތުގައި ކޮވިޑް19ގެ ދެވަނަ ރާޅާއެކު އިންޑިއާގެ ދަނޑުވެރިކަމުގެ ދާއިރާއަށް ނޭދެވޭ އސަރެއް ކޮށްފައެއް ނުވެއެވެ. އެޕްރީލް މެދާ ހަމައަށް ދަނޑުވެރިކަމުގެ މާބޮޑު މަސައްކަތްތަކެއް ނޯންނަ ކަމަށާއި އެޕްރީލްގެ ފަހުން މޮންސޫންގެ ވާރެއާއެކު ދަނޑުވެރިކަމުގެ ހަރަކާތްތައް ފެށިގެން ކުރިއަށް ދާނެ ކަމަށެވެ.