ހެރީ ޕޮޓާގެ ސާމާނުތައް ވިއްކާ ފިހާރައެއް ނިއުޔޯކްގައި ހުޅުވައިފިއެވެ. ތިން ފަންގިފިލާގައި ހުޅުވި މިފިހާރައަކީ މިއީ ހެރީ ޕޮޓާގެ ފޮތްތަކުގެ ޝަކްސިއްޔަތުތަކަށާއި އެ ފޮތްތަކުގައި ވާ ފުލޯކު ދުނިޔޭގެ ސާމާނުތަކަށް ތައްޔާރުކޮށްފައިވާ މުދާ ވިއްކާ މިފަދަ ފުރަތަމަ ދުއްކާނެވެ.
މީހުން ވަނީ ވާރެއާ ތެމިގެން ގިނަ އިރު ބޭރު ގައި ކެތްތެރިކަމާއެކު ހެރީ ޕޮޓާ ފިހާރަ ހުޅުވަންދެން އިންތިޒާރުގައި ތިބެފައެވެ.
މި ސިލްސިލާ ލިޔުނު ޖޭކޭ ރޯލިންގއަކީ ފޮތް ލިޔެގެން މަހާސާދާގަރަކަށްވި ދުނިޔޭގެ ފުރަތަމަ ކަމަނާއެވެ.