ޕާކިސްތާންގެ ތަޖުރިބާކާރު ނޫސްވެރިޔާ ޖުގްނޫ މުހްސިން މަރާލުމަށް މިއަދު ހަމަލަ ދީފިއެވެ. ޖުންގޫއާ ދެކޮޅަށް ޓުއިޓާގައި ދެ ދުވަސްވަދެން ބަޔަކު އޭނާއަށް މަރުގެ އިންޒާރު ދީފައިވެއެވެ.

ފުލުހުން ބުނިގޮތުގައި ޖުގްނޫ މަރާލަން ހަމަލަ ދިން މީހުންގެ ތެރޭން ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެކަމަކު މި ޖަރީމާގެ މުގުލުގައި ހުރި މީހާ އަދި ހައްޔަރެއް ނުކުރެވެއެވެ.

ޖުގްނޫއަކީ، އިނގިރޭސި ބަހުން ނިކުންނަ ފްރައިޑޭ ޓައިމްސްގެ ކުރީގެ އެޑިޓަރެވެ. އަދި އޭނާއަކީ ނޫސްވެރިޔާ ނަޖްމު ސެތީ ގެ އަންހެނުންވެސްމެއެވެ.

ބެލެވޭ ގޮތުގައި ޖުގްނޫއަށް ހަމަލަ ދީފައި ވަނީ ޕަންޖާބް ޕާލަމެންޓަށް އޭނާ ހުށަހަޅާފައިވާ ބިލަކާ ގުޅިގެންނެވެ. އެންމެ ފަހުން ބޭއްވި އިންތިޚާބްގައި އޭނާ ވަނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުން ޕަންޖާބްގެ ގާނޫނު ހަދާ މަޖިލީހަށް ހޮވި ފައެވެ.

ޕާކިސްތާން ހިއުމަން ރައިޓްސް މިނިސްޓަރ ޝީރީން މަޒާރީ ވަނީ މި ހާދިސާ ތަހުގީގު ކުރާނެ ކަމަށް ވިދާޅުވެ މިހަމަލާ ކުށްވެރިކުރައްވާފައެވެ.

އެމްނެސްޓީ އިންޓަރނޭޝަނަލުން މިހާދިސާ ކުށްވެރި ކުރަމުން ބުނެފައި ވަނީ މިއީ އަންހެނަކަށްވީތީ، ޖުގްނޫއާ ދެކޮޅަށް ދީފައިވާ ހަމަލައެއް ކަމަށެވެ.

ޖުގްނޫގެ ބިލްގައި އޭނާ އެދި ފައި ވަނީ ނޫސްވެރިންނަށް ސަރުކާރުން ދުއްތުރާ ކުރާ މައްސަލަ ބެލުމަށެވެ. ވަކިން ޚާއްސަކޮށް ޙާމިދު މީރުގެ ޓީވީ ޓޯކްޝޯއިން އޭނާ ބޭރުކޮށްލުމާއި އަސަދު ތޫރުގެ ގެއަށް ވަދެ ސިފައިން ފޮނުވައިގެން އައި ބައެއްކަމަށް ބެލެވޭ ބަޔަކު އޭނާއަށް އަނިޔާކޮށްފައިވާ މައްސަލަ ބެލުމަށް އެދިފައި ވެއެވެ.