ލާހޯރުގެ ހަސްފަތާލެއްގައި އުމުރުން ދުވަސްވީ އަންހެނެއްގެ އޮޕަރޭޝަން ހަސްފަތާލްގެ ސެކިއުރިޓީ ގާޑަކަށް އުޅުނު މީހަކު ކުރިފަހުން އަންހެންމީހާ މަރުވެއްޖެއެވެ. ސެކިއރިޓީ ގާޑް ވަހީދް ބަޓްގެ މި އޮޕަރޭޝަންއާ ބެހޭ ގޮތުން ސުއާލުކުރުމުން ހަސްފަތާލުން ބުނެފައިވަނީ އެއީ ބޮޑު ހަސްފަތާލެއްކަމުން ހުރިހައި އެންމެން ކުރާ ހުރިހައި ކަމެއް ބެލެހެއްޓޭ ވަރު ނުވާ ކަމަށެވެ.
މިއޯ ހަސްފަތާލްގައި 80 އަހަރުގެ މީހާގެ އަރިކަށީގެ އޮޕަރޭޝަނެއް ކުރުމަށްފަހު ގެއަށް އައިފަހުންވެސް ލޭމަނާ ނުވެގެން އޮޕަރޭޝަން ކުރި މީހާއަށް ގުޅައި ގެއަށް ގެނަސްގެންވެސް މައްސަލަ ހައްލު ނުކުރެވިގެން އަލުން ހަސްފަތާލަށް ދިއުމުން އެނގުނީ އޮޕަރޭޝަން ކުރި މީހާއަކީ ނާލާއިގެއް ކަމަށެވެ.
ފުލުހުން ވަނީ ވަހީދު ހައްޔަރު ކޮށްފައެވެ.
ފަހުން ނޫސްވެރިން ހޯދި މައުލޫމާތުން އެނގެނީ ވަހީދަކީ ނިކަން އޮޕަރޭޝަން ކުރަން ޝައުގުވެރިކަން ހުންނަ މީހެއް ކަމަށެވެ. އޭނާ މިހެން އުޅުމުގެ ތެރޭގައި ބަސްޓްވަނީ އޮޕަރޭޝަން ކުރުމުގެ ކުރިން މީހުން އަތުން ކޭޝް ހޯދަން އުޅުމުންނެވެ.
މިއޯ ހޮސްޕިޓަލުން އޭނާ ވަޒީފާއިން ކަނޑާލާފައި ވަނީ ވެސް މިފަދަ އަމަލަކާ ހެދިއެވެ.
ފުލުހުން ބުނާ ގޮތުން އެހެން ހަސްފަތާލެއްގައި އޮޕަރޭޝަން ކުރަންވެގެން މީހުން އަތުން އޭނާ ފައިސާ ހޯދި މައްސަލައެއްވެސް އެމީޙުންގެ އަތުގައި އެބަ އޮތެވެ.
އިސް ރަށްވެހިމީހާ ގެ މަރު ދިމާވީ ވަހީދުގެ އޮޕަރޭޝަންގެ ސަބަބުން ކަން ސާފުވާނީ އޭނާގެ ޕޯސްޓްމޯޓަމް ހެދުމުންނެވެ.
ޕާކިސްތާންގައި އެހެން ހަސްފަތާލެއްގައި އަށް މަސްވަންދެން ނިއުރޯސަރޖަންއަކަށް ވެގެން އަންހެނަކު އޮޕަރޭޝަން ތިއޭޓަރގައި ބޮޑެތި ޑޮކްޓަރުންނާއެކު އުޅުނު މައްސަލައެއްގައިވެސް މީހަކު ހައްޔަރުކޮށްފައި ވެއެވެ. މިކަމެއް ހިނގީ ލާހޯރުގެ ސަރވިސް ހޮސްޕިޓަލްގައި 2016 ގައެވެ.