އެރަޕޯޓްގައި ޕާކްކޮށްފައިވާ ޕްލައިޓްގައި ރެސްޓޯރެންޓް ހުޅުވުމަށް ނިންމައި އެކަން އިޢްލާން ކުރިތަނާ 30 މިނެޓް ތެރޭ ހުރިހައި ސީޓޭއް ފުލް ވެއްޖެއެވެ. ރެސްޓޯރެންޓްތަކުގެ ގައިޑްލައިންއާ އެއްގޮތަށް ރެސްޓޯރެންޓް ފްލައިޓުންވެސް ސީޓް ވިއްކަނީ ދެބައިކުޅަ އެއްބައި ހުސްކޮށް ބާއްވާ ގޮތަށެވެ.

ސިންގަޕޯރ އެއަރލައިން އިން އެންމެ ފުރަތަމަ ނިންމީ ޖައްވު ދައްކާލަން ދަތުރުތައް ބޭއްވުމަށެވެ. ނަމަވެސް މިއީ މާލީގޮތުންނާއި ތިމާވެށީގެ ގޮތުން އެދެވޭނެ ކަމެއްކަމަށް ނުފެންނާތީއާއި ހޯދާފައިވާ ޚިޔާލު ހޯދުމުން، މީހުން ރެސްޓޯރެންޓް ޚިޔާލަށް ގަޔާވުމުން ފްލައިޓްގައި މީހުންނަށް ކާން ދޭން ނިންމީއެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓާގައި އެސްކިޔޫއަށް ވަނީ 827 މިލިއަން ޑޮލަރުގެ ގެއްލުން ލިބިފައެވެ. އެއަރލައިންގެ ސްޓާފުންގެ 20 އިންސައްތަވެސް ވަނީ މަދުކޮށްފައެވެ.

ސިންގަޕޯރގެ ކުރޫޒްޝިޕްތައްވެސް ވަނީ ދެބައިކުޅަ އެއްބައި ކެޕާސިޓީގައި ދަތުރުތައް ފަށަން ތައްޔާރކޮށްފައެވެ. އެކަމަކު ސިންގަޕޯރ މީހުންނަށް އެކަންޏެވެ.