ބެންގަލޯރ އެއަރޕޯޓުން ސިޓީއާ ދެމެދުގެ ދަތުރު ފަތުރު ހައިޕާލޫޕްގެ ނިޒާމުން ގުޅުވާލުމަށް ދިރާސާ ކުރުމުގެ މަސައްކަތް، ވަރޖިން ހައިޕާލޫޕްއާއި ބެންގަލޯރ އެއަރޕޯޓް ގުޅިގެން ފަށައިފިއެވެ.

ކިޔާލަން: ހައިޕާލޫޕް ގައި ދަތުރުކޮށްލުމަށް

މިކަމާ ގުޅޭ ގޮތުން ހާމަކޮށްފައިވާ މަޢްލޫމާތުގައި ބުނެފައި ވަނީ، ހައިޕާލޫޕް ހޮޅީގައި ގަޑިއަކު 1080 ކިލޯމީޓަރުގެ ބާރުމިނުގައި ދަތުރުކޮށްލުމުން ބެންގަލޯރ އެއަރޕޯޓުން 10 މިނެޓްގެ ތެރޭގައި ސިޓީއަށް ފޯރާނެ ކަމަށެވެ. މިއީ އާންމުކޮށް ދެގަޑިއެއްހާ އިރު ތެރޭގައި ކުރެވޭ ދަތުރެކެވެ.

ވަރޖިން ހައިޕާލޫޕްގެ ޗެއަރމަން ސުލްތާން ބިން ސުލައިމާން ވިދާޅުވިގޮތުގައި މީގައި ފަސިންޖަރުންނާއި އަވަހަށް އުފުލަން ޖެހޭ މުދާތައް އުފުލުމުގެ މަސައްކަތަށްވެސް އިސްކަން ދޭނެއެވެ.

ކިޔާލަން: ހައިޕާލޫޕްއާ ބެހޭ މަޢްލޫމާތު

ދެފަރާތް ގުޅިގެން ކުރާ ދިރާސާގައި އިގްތިސާދީ ގޮތުން މިއީ ނަފާވާނެ ކަމެއްތޯއާއި މި ހޮޅިއަޅާނެ މަގު ބެލުން ހިމެނެއެވެ.

ދެ ފައްތަރަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަސައްކަތުގެ ކޮންމެ ފިޔަވައްސަކަށް ހަ މަސް ދުވަސް ނަގާނެއެވެ.

ވަރޖިން ހައިޕާލޫޕްއިން ބުނެފައިވާ ގޮތުގައި މިއިން ފުރުސަތުތައް ފަހިވެ، 21 ވަނަ ގަރުނުގެ ފަސިންޖަރުން އައު ކަންކަން ތަޖުރިބާ ކުރާނެއެވެ. އަދި އެއަރޕޯޓްގެ ކެޕާސިޓީވެސް އިތުރު ވެގެންދާނެއެވެ.

އިންޑިއާގައި ހައިޕާލޫޕް ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަތުރު ބޭއްވުމުގެ ތަޖުރިބާތައް ކުރުމަށް ކުންފުނިތަކާ އެއްބަސްވުން ހެދިފައި ވެއެވެ.

އަމްރާވަތިއާއި ވިޖަޔާވަޑާ ސިޓީތަކުގެ މެދުގައި ހައިޕާލޫޕް އެޅުމަށް އެއްބަސްވުން ހެދިފައި ވެއެވެ.

މުމްބާއިއާއި ޕޫނޭއާ ދެމެދު ހައިޕާލޫޕުން ގުޅާލުމަށް އެއްބަސްވުން ހެދިފައި ވެއެވެ.