ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތާ ދިމާކޮށް ޗައިނާ އެއިޑުން ރާއްޖެއަށް ދީފައިވާ ޕްރޮޖެކްޓަރުތަކެއް ރާއްޖޭގައި ހިންގަމުން އަންނަ ކްލަބު ޖަމިއްޔާ ޖަމާޢަތްތަކަށް ދޫކުރުމަށް ނިންމައި އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް އެމްޕަވަރމަންޓުން އިއްޔެ ހުޅުވާލައިފިއެވެ.

ޔޫތު މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވަނީ ޕްރޮޖެކްޓަރ ހޯދުމަށް އެދި މާދަމާ (10 ޖޫން) ގެ މެންދުރު 12:00 ގެ ކުރިން އެމިނިސްޓްރީގެ [email protected] އަށް މެއިލް ކުރުމަށެވެ. ރާއްޖޭގެ ގިނަ ރަށްތަކެއްގައި ކްލަބު ޖަމިއްޔާތައް ހިންގަމުން އަންނައިރު، ގިނަ ރަށް ރަށުގައި ބޮޑެތި މުބާރާތްތައް ބެލޭނެ އިންތިޒާމް ހަމަޖެހިފައެއް ނުހުރެއެވެ.

ޔޫތު މިނިސްޓްރީގެ އިއުލާން.

މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އެކްސް ކްލޫސިވް މީޑިއާ ޕާޓްނަރުކަން "ރާއްޖެ ޓީވީ" އިން ހޯދާފައިވާއިރު ޔޫތު މިނިސްޓްރީގެ އެހީތެރިކަމާއެކު "މައިލޯ ޔޫރޯ ފޯރި" ނަމުގައި މުބާރާތާއި ގުޅޭ ޝޯވްތަކެއް ރާއްޖެ ޓީވީއިން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.