އާސިއަންގެ ގައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހައިކޮމިޝަނަރުންނާއި އެމްބެސެޑަރުންނާ އެކު ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިއަދު ބައްދަލުވުމެއް ބާއްވަވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ވަރޗުއަލް ކޮށެވެ.

މި ބައްދަލު ކުރެއްވުމުގައި އިންޑޮނޭޝިއާއާއި މެލޭޝިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހައިމކޮމިޝަނަރުންނާއި ލާއޮސްއާއި ތައިލެންޑާއި ފިލިޕީންސާއި ވިއެޓްނާމުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރުން ބައިވެރިވެ ވަޑައިގަތެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ވަނީ މި ގައުމުތަކުން ކޮވިޑްގެ ތެރޭގައި ރާއްޖެއަށް ދެއްވި ސަޕޯޓާއި އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވާފައެވެ.

މިބައްދަލުކުރެއްވުމަކީ ރާއްޖެއަށް ކަނޑައަޅުއްވާފައި މިޝަންތަކާއި މިނިސްޓްރީއާ ދެމެދު ގާތްގުޅުމެއް ބޭއްވެވުމުގެ މަގްސަދުގައި މިނިސްޓަރުގެ އިސްނެންގެވުމަކަށް ބޭއްވެވި ބައްދަލުވުމެކެވެ.