އިސްލާމޯފޯބިއާއަކީ ހަގީގަތެއް ކަމަށާއި ކެނެޑާގެ އޮޓޭރިއޯގައި މުސްލިމުން މަރާލި ހާދިސާއަކީ ޓެރަރިސްޓް ހާދިސާއެއް ކަމަށް ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓުރޫޑޯ ކަނޑައަޅުއްވައިފިއެވެ.
ޕާލަމެންޓްގައި ވާހަކަ ދައްކަވަމުން ޓުރޫޑޯ ވިދާޅުވީ މި ޖަރީމާއަކީ ކުއްލިއަކަށް ހިނގާފައިވާ ހާދިސާއެއް ނޫން ކަމަށާއި މިއީ ޖަމާއަތުގެ އެއް ބައެއްގެ މެދުގައި އޮތް ރުޅިވެރިކަމާއި ނަފްރަތުގެ ނަތޖާއެއް ކަމަށެވެ.
އޭނާ ވިދާޅުވީ އިސްލާމޯފޯބިއާއަކީ ހަގީގަތެކެވެ. އަދި ނަސްލީ ދެކޮޅުވެރިކަމަކީވެސް ހަގީގަތެއް ކަމަށެވެ.
ޕާކިސްތަން ދައިކޮޅުގެ އާއިލާގެ ފަސްމީހުން ހިނގާފައި ދަނިކޮށް ޔަހޫދީ ޓެރަރިސްޓަކު ވަނީ ލޮރިއެއ ދުއްވާފައި އައިސް މިމީހުން ލޮރީ ދަށުކޮށް ޗިސްޗިސްކޮށްލާފައެވެ. މި ހާދިސާއިން ސަލާމަތްވީ 9 އަހަރުގެ ކުއްޖެކެވެ.
ޑިމޮކްރެސީތަކާއި ގައުމުތަކުގެ ވެރިންނާއި އެމީހުން ނިސްބަތްވާ ވެރިކަން ކުރާ ސިޔާސީ ޕާޓީތަކުންވެސް ދަނީ މުސްލިމުންނާ މެދު ނަފްރަތު އުފެއްދުމުގެ އިސްލާމޯފޯބިއާގެ އަމަލުތައް ހިންގަމުންނެވެ.
އަވަށްޓެރި އިންޑިއާގައި ވެރިކަން ކުރާ ޕާޓީގެ ސިޔާސީ އިސްބޭފުޅުން ފާޅުގައި މުސްލިމުންނަށް ފުރައްސާރަކޮށް އިސްލާމޯފޯބިއާގެ އަމަލުތައް ހިންގައެވެ.
ވެސްޓް ބެންގޯލްގެ އިލެކްޝަންގެ ކެމްޕެއިން ގައި އންޑިއާގެ ދާޚިލީ ވަޒީރު ބަންގްލަދޭށް މީހުން ސިފަ ކުރެއްވީ ބަނޑަށް ޖެހިފައިވާ މީދާތަކެއްގެ ގޮތުގައެވެ. މިއަށް ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ވަނީ ވަގުތުން ރައްދު ދެއްވާފައެވެ.
ފްރާންސްގެ ރައީސްއާއި ފްރާންސަކީވެސް އިސްލާމޯފޯބިއާގައި ކުރީގައި އުޅޭ ގައުމެކެވެ. ސްރީލަންކާވެސް ހަމަ މިފަދައެވެ.