އޮޅިގެން އިންޑިއާގެ ސަރަހައްދަށް ޕާކިސްތާނުން ވަން މީހަކު ހިފަހައްޓައި އިންޑިއާ ސިފައިން އެމީހާ ޕާކިސްތާން ސިފައިންނާ ހަވާލުކޮށްފިއެވެ.

މި ޒުވާން މީހާ ބުނޮގޮތުގައި އިންޑިއާގެ ސަރަހައްދަށް އޭނާއަށް ވަދެވުނީ އޮޅުމަކުންނެވެ.

އިންޑިއާ ސިފައިން ބުނިގޮތުގައި އާދީއްތަ ދުވަހު މިމީހާ ކަޝްމީރު ސަރަހައްދު ހުރަސްކޮށް ޕާކިސްތާނާ ހަވާލުކޮށްފައި ވަނީ އިޚުލާސްތެރިކަން ދެއްކުމުގެ ގޮތުން ކަމަށެވެ.

މިމީހާ އިންޑިއާގެ ސަރަހައްދަށް ވަދެފައި ވަނީ މިމަހުގެ ހަ ވަނަ ދުވަހުއެވެ.