އިންޑިއާގެ 16 ނޫނީ 18 ސްޓޭޓެއްގައި އޮކްސިޖަން އުފައްދާ ޕްލާންޓްތައް ގާއިމް ކުރުމަށް ނިންމާފައިވާ ކަމަށް ފިލްމީ ތަރި ސޯނޫ ސޫދު އިއްޔެ އިޢްލާން ކޮށްފިއެވެ.

އޭނާ ބުނި ގޮތުގައި މިހާރުވެސް އަންދްރަޕްރަދޭޝްގެ ރަށް ފުށުގެ ދެ ހިސާބެއްގައި އޮކްސިޖަން ޕްލާންޓް ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.

ސޯނޫ ސޫދު ވަނީ 700 އޮންސިޖަން ކޮންސެންޓްރޭޓަޒް އާންމުންގެ ބޭނުމަށް ދޫކޮށްފައެވެ. އޭނާ ބުނިގޮތުގައި އޮކްސިޖަން ޕްލާންޓެއް ގައިމް ކޮށްދިނުމަށް ކަނޑައަޅާފައިވާ މިންގަނޑަކީ 200 އެއްހާ އެނދު ހުންނަ ހަސްފަތާލެއް ހިސާބުގައި ހުރުމާއި އެއީ އާދައިގެ މީހުން ދިރިއުޅޭ ހިސާބެއްކަމުގައި ވުމެވެ.

އޭނާ ބުނިގޮތުގައި ތިން ވަނަ ތަހަރު ވަނަ ރާޅެއް އައިސްގެން އަނެއްކާވެސް އޮކްސިޖަންއަށް ބޭނުންޖެހިގެން މީހުން ދުއްވައި ގަތުމުގެ ކުރިން މީހންނަށް ފަސޭހައިން އޮކްސިޖަން ލިބޭގޮތް ހަދައި ދީފައި ހުރުން މުހިންމެވެ.

ސޯނޫ ސޫދަކީ، ކޮވިޑް19 ގައި އާދަޔާ ޚިލާފް ގޮތަކަށް އާންމުންނަށް އެހީތެރިވި ދިން ބޮލީވުޑްގެ ފަންނުކާރެކެވެ.