އިންޑިއާގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ ކޯވެކްސިން އަކީ ވާލު ރޯގާ ޖައްސާ ޖަރާސީމުގެ 617 ވައްތަރަކާ ދެކޮޅަށް ހަނގުރާމަ ކުރާ ވެކްސިނެއްކަމަށް ވައިޓް ހައުސްގައި ސިއްހަތާ ބެހޭ ލަފާދެއްވާ މުޝީރު ޑރ. އެންތޮނީ ފައުޗީ ވިދާޅުވެއެވެ.

ނޫސްކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މި ވަބާއާ ބެހޭ ގޮތުން މޮންމެ ދުވަހަކީވެސް އައު މަޢުލޫމާތެއް ތިލަވާ ދުވަހެއް ކަމަށެވެ. އެހެންވެ، އޭނާ ވިދާޅުވީ އިންޑިއާގައި ކޯވެކްސިން ބޭނުން ކުރުމުން 617 ވައްތަރެއްގެ ޖަރާސީމަށް މީހާގެ ހަށިގަނޑު ހާނުވައިދޭނެ ކަމަށެވެ. ވެކްސިންގެ މުހިންމު ކަމުގެ މައްޗަށް ބާrުއަޅުއްވައި އޭނާ ވާހަކަ ދެއްކެވިއެވެ.

ނިއުޔޯކް ޓައިމްސްއިން ބުނިގޮތުގައި ކޯވެކްސިންއިން ހަށިގަނޑު ދިފާއުކޮށްދޭން ދަސްކޮށްދެއެވެ. އަދި ޖަރާސީމުގެ ޕްރޮޓިންގެ ދަތްގަނޑުގައި އެންޓިބޮޑީސް ތަތްލައްވައިދޭ ކަމަށްވެސް ބުނެފައި ވެއެވެ.

ފައުޗީ ވިދާޅުވިގޮތުގައި އިންޑިއާއިން ވެކްސިން އުފެއްދުމަށް ބޭނުންވާ ރޯމާއްދާތައް އެމެރިކާއިން ފޯރުވައި ދޭނެއެވެ.

ކޯވެކްސިން އަކީ ހައިދަރްއާބާދުގެ ބާރަތު ބައޯޓެކް ލެބުން އުފެއްދި ވެކްސިންއެކެވެ.