ކޮވިޑް19އާ ގުޅޭ ހުރަސްތަކާ ގުޅިގެން ހިތްހަމަ ނުޖެހިފައި ހުރި މީހަކު އިންޑިއާގެ ބޮޑުވަޒީރުގެ ތުނބުޅި ބޭލުމަށް 100 ރުޕީސް ފޮނުވައިފިއެވެ.

މަހަރާޝްޓްރާގެ ޕޫނޭއާއި ކައިރި ހިސާބެއްގައި ދިރިއުޅޭ އަނިލް މޯ ބުނިގޮތުގައި ކޮވިޑާ ހެދި ދިރިއުޅުން ދަތިވެފައިވާ ކަމަށެވެ. އަދި ހުރަސްތަކާ ހެދި އާމްދަނީ ގެ ފުރުސަތުވެސް ގެއްލިފައިވާ ކަމަށެވެ.

ނިއު އިންޑިއަން އެކްސްޕްރެސްއާ ވާހަކަ ދައްކަމުން އޭނާ ބުނީ އިންޑިއާގެ ބޮޑު ވަޒިރު ނަރެންދްރަ މޮދީ ރަނގަޅު ވާނީ ތުނބުޅި ދިގު ކުރުމަށް ވުރެން އިގްތިސާދު ދިގުކޮށް މީހުން އަތުޖެހޭ ހިސާބަށް އިގްތިސާދު ގެނެސް ދިނުމުން ކަމަށެވެ. މޮދީގެ ތުނބުޅި ބޭލެއްވުމަށް އޭނާ ސަތޭކަ ރުޕީސް ފޮނުވީ މަނީއޯޑަރު މެދުވެރިކޮށެވެ.