މުއްދަތު ހަމަވެފައިވާ އައިޑީ ކާޑުތައް އަންނަ އޯގަސްޓްގެ ނިޔަލަށް ބޭނުން ކުރެވޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން(ޑީއެންއާރް) އިން ބުނެފި އެވެ.

ޑީއެންއާރުން ބުނީ މުއްދަތު އިތުރު ކުރީ ކާޑު އާ ކުރަމަށް ގިނަ ދުވަސްތަކެއް ހޭދަވާތީ ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން ކަމަށެވެ.

ރައްޔިތުންނަށް ހިދުމަތް ދޭ ހުރިހާ މުއައްސަސާ ތަކުން ހިދުމަތް ދިނުމުގައި އެކަމަށް ސަމާލުވާން ވެސް ޑީއެންއާރުން އެދިފައި ވެއެވެ.

ޑީއެންއާރުން ބުނީ މާލެ ސަރަހައްދުގައި ދިރި އުޅޭ މީހުނާއި ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޑީއެންއާރްގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ކާޑު ހައްދަން ހުށަހެޅޭނެ ކަމަށެވެ.