ވަޒީރަކު ވަކިނުކޮށް ޤާނޫނު އަސާސީން ވަޒީރަށް މަތިކުރާ ދުސްތޫރީ ޒިންމާތަކުން ދުކުރުކުރުމަކީ ޤާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމަށް ކުރީގެ ނާއިބު ރައީސް އަދި ޤާނޫނީ ވަކީލް ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙުމަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ކުރައްވާފައިވާ ޓުވީޓެއްގައި މިހެން ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީ މައްސަލާގައި ޔޫތު މިނިސްޓަރ އަޙުމަދު މަހުލޫފް މަގާމުން އެކަހެރި ކުރެއްވުމުންނެވެ.

"ވަޒީރަކު ވަކިނުކޮށް ޤާނޫނުއާސީ އިން ވަޒީރަށް މަތިކުރާ ދުސްތޫރީ ޒިންމާތަކުން ދުކުރުކުރުމަކީ ޤާނޫނުއަސާސީ އާއި ޚިލާފު ކަމެއް،" އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ޑރ. ޖަމީލް ވިދާޅުވެފައިވަނީ ވަޒީރަކު ސަސްޕެންޑް ކުރިޔަސް ޤާނޫނުއަސާސީ ބުނާގޮތުން މަޖިލީހަށް ޖަވާބުދާރީވާންޖެހެނީ އޭނާ ކަމަށެވެ. ވަޒީރަކު ސަސްޕެންޑުކުރުމަކީ ޤާނޫނު އަސާސީ ގެ އެއްވެސް މާއްދާއަކުން ރައީސުލްޖުމްހުރިއްޔާއަށް ލިބިދޭ ބާރެއް ނޫން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.