އަންހެން ކުދިންގެ ޒާތީ މައުލޫމާތު ވިއްކާ ޓެލެގްރާމް ގްރޫޕެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަބްދުލްއަޒީޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސޯޝަލް މީޑިއާގައި ފަރުދުންގެ ޒާތީ މައުލޫމާތު ވިއްކުމަށް މަސައްކަތްކުރަމުންދާ ބައެއްގެ މައްސަލަ ފުލުހުން ވަނީ ބަލަން ފަށާފައި ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ބަލަމުން އަންނަނީ އަންހެން ކުދިންގެ ފޮޓޯއާއި ފޯނު ނަންބަރާއި ސްނެޕްޗެޓު އައިޑީ ފަދަ މައުލޫމާތުތައް ވިއްކަމުންދާ ޓެލެގްރާމް ގްރޫޕެއްގެ މައްސަލައެވެ.
އެތައް ބަޔަކު ތިބި އެ ޓެލެގްރާމް ޕޭޖް ހިންގާ މީހާގެ މައުލޫމާތުވެސް ބައެއް ފަރާތްތަކުން ވަނީ އާންމުކޮށްފައެވެ.