ކަދުރު މިލްކް ޝޭކަކީ ހަށިގަނޑަށް ފައިދާ ކުރާނެ އެއް މިލްކް ޝޭކް ކަމަށް ދުނިޔޭގައި ފާހަގަ ކޮށްފައިވާ އެއް ބުއިމެވެ. ކަދުރުގައި ފޮނިރަހަ އެކުލެވިގެންވާތީ މި ބުއިމަށް އިތުރަށް ހަކުރު އަޅައިގެން ފޮނިރަހަ ލައްވާކަށް ނުޖެހޭނެއެވެ. ކަދުރަކީ ހަށިގަނޑަށް ހަކަތަ އިތުރު ކޮށްދޭ އެއްޗެކެވެ. ހޫނުގަދަ ދުވަސްވަރުގަ އާއި ބޭރުގައި ބުރަކޮށް އުޅުމަށްފަހު ބޯލުމަށްވެސް ވަރަށް ކަމުދާބުއިމެކެވެ. މި ބުއިން ބޯލުމުން ހަށިގަނޑު ތާޒާވެ ވަރުބަލިކަން ފިލައިގެންދެއެވެ. އަދި މި ބުއިމަކީ ތުއްތު ކުދިންނަށްވެސް ވަރަށް ފައިދާ ކުރުވަނިވި ބުއިމެކެވެ. މި ބުއިމުގެ ސަބަބުން ވަރަށް ގިނަ ބަލިތަކަށްވެސް ފަރުވާލިބިގެންދެއެވެ. އެގޮތުން ބަނޑު ހަރުވުމުންނާއި، ހިތުގެ މައްސަލަތަކުންނާއި، ނިދުމަށްވާ އުނދަގޫތަކުންނާއި، ޖިންސީ މައްސަލަތަކަށް ހައްލު ލިބުމާއި، ބޭރަށް ހިންގުމުން ދުރުކޮށްދިނުމާއި، އެތެރެހަށީގެ ކެންސަރުން ސަލާމަތް ކޮށްދިނުންވެސް މި ބުއިމުގެ ފައިދާގެ ގޮތުގައި ލިބިގެންދެއެވެ. މީގެ އިތުރުންވެސް ކަދުރަކީ ގިނަ ބަލިތަކަށް ޝިފާ ލިބިދޭ މޭވާއެކެވެ. ވިޓަމިނާއި، މިނަރަލްގެ އިތުރުން ފަލަމަޑީގެ ބާވަތްތަކުން ލިބިދޭ ފައިދާވެސް ކަދުރުން ލިބިގެން ދެއެވެ. ވުމާއެކު މި ބުއިމަކީ ނުބޮއެ ދޫކޮށްލެވޭވަރުގެ ބުއިމެއްނޫނެވެ. މި ފައިދާ ކުރަނިވި ބުއިން އަވަހަށް ތައްޔާރު ކޮށްލާށެވެ.

ތިރީގައި މިވަނީ މި ބުއިމަށް ބޭނުންވާނެ ތަކެއްޗާއި ބުއިން ތައްޔާރު ކޮށްލާނެ ގޮތެވެ.

ބޭނުންވާނެ ތަކެތި:

* 12 ކަދުރު

* 02 ޖޯޑު ރޯކިރު

ތައްޔާރު ކުރާނެ ގޮތް:

ކަދުރު ތަކުގެ އޮށް ނެގުމަށްފަހު ކަދުރުތައް ޗިސްކޮށްލާށެވެ. އެއަށްފަހު ކަދުރުތައް މިކްސްޗަރަށް އަޅާލާށެވެ. އަދި 1/2 ޖޯޑު ކިރުވެސް މިކްސްޗަރަށް އަޅާ އެއްކޮށްލާށެވެ. ރަނގަޅަށް އޮލަވުމުން ބާކީ ހުރި ކިރުފޮދުވެސް މިކްސްޗަރަށް އެޅުމަށްފަހު އެއްކޮށްލާށެވެ. ރަނގަޅަށް އެއްކޮށްލުމުން ކަދުރު މިލްކްޝޭކް ތައްޔާރު ކޮށްލެވުނީއެވެ. އަވަހަށް ބިއްލޫރި ތައްޓަކަށްއެޅުމަށްފަހު އަޖުމަ ބަލާލާށެވެ. ފައިދާއާއި ރަހަ އިތުރު ކޮށްލުމަށްޓަކައި އަލްމަންޑް، ކެޝޫނަޓް ނޫނީ ހޯލްނަޓްވެސް ބޭނުން ކުރެވިދާނެއެވެ. ލިބޭފައިދާ ބަލާލުމަށްޓަކައި މި ބުއިން ޢާއްމުކޮށް ބޯން އާދަކުރާށެވެ. މި ބުނެދެވުނީ މި ބުއިން އެންމެ ފަރާތަކަށް ތައްޔާރު ކުރާނެގޮތެވެ.

​ލިއްބައިދޭ ފައިދާ:

ކެލޮރީސް: 262 ކޭ. ސީ، އޭ، އެލް ކަރބޯހައިޑްރޭޓްސް: 49.4 ގ

ޕްރޮޓިން: 9.2 ގ

ފެޓް: 5.2 ގ

ސެޓުރޭޓެޑް ފެޓް: 3 ގ

ކޮލެސްޓްރޯލް: 20 މގ

ސޯޑިއަމް: 116 މގ

ޕޮޓޭސިއަމް: 467 މގ

ފައިބަރ: 4 ގ

ޝުގަރ: 42.5 ގ

ވިޓަމިން އޭ: 50 އައި. ޔޫ

ވިޓަމިން ސީ: 0 މގ

ކެލްސިއަމް: 310 މގ

އަޔަން: 0.5 މގ