އައްޑޫ ސިޓީން މިއަދު އިތުރު ތިން މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މި ތިން މީހުން ޕޮޒިޓިވްވީ އެއްވެސް މީހަކު ޕޮޒިޓިވް ނުވާތާ އެއްދުވަސް ފަހުންނެވެ.

މިއަދު ތިން މީހުން ވެސް ޕޮޒިޓިވްވެފައިވަނީ ހިތަދޫއިންނެވެ. އެއީ ނެގި ރެމްޑަމް ސާމްޕަލަކުން ޕޮޒިޓިވްވި މީހަކާއި ސަވައިލަންސް ސާމްޕަލަކުން ޕޮޒިޓިވްވި މީހަކާއި ފުލޫކުލިނިކަށް ދެއްކި މީހެކެވެ.

މިހާތަނަށް އައްޑޫއިން ވަނީ 324 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 272 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. ބަލިން ފަސޭހަ ނުވެ 50 މީހުން އެބަތިއްބެވެ. އެއީ ހިތަދޫގައި 38 މީހަކާއި މަރަދޫގައި 3 މީހަކާއި މަރަދޫފޭދޫގައި މީހަކާއި ފޭދޫގައި އެކެކެވެ. އޭގެ އިތުރުން ހުޅުދޫގައި 7 މީހަކު ބަލިން ފަސޭހަ ނުވެ އެބަތިއްބެވެ. މިއަދުވަނީ 4 މީހުން ބަލިން ފަސޭހަވެފައެވެ.

މި ބަލީގައި ހޮސްޕިޓަލުގައި އެޑުމިޓްކޮށްގެން މިހާރު ފަރުވާ ދެމުން ގެންދަނީ އެކަކަށެވެ. 2 މީހަކު ވަނީ މި ބަލީގައި އައްޑޫ އިން ނިޔާވެފައެވެ. ގާތުން އެއްތަންވި މީހުންގެ އަދަދަކީ 350 އެވެ. މިހާތަނަށް އައްޑޫއިން ވަނީ 6803 ސާމްޕަލް ނަގައިފައެވެ.