އައްޑޫ ސިޓީން އިތުރު 23 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މިއަދު ޕޮޒިޓިވް ވެފައިވަނީ ހިތަދޫ ފުލޫ ކުލިނިކަށް ދެއްކި 4 މީހަކާއި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ތިބި 19 މީހެއެވެ. 19 މީހުންނަކީ ބިދޭސީންނެވެ.
މިއަދަދާއެކު އައްޑޫގައި އެޓިވް ކޭސްގެ ޖުމްލަ މިހާރުވަނީ 71 އަށް އަރައިފައެވެ. އެއީ ހިތަދޫގައި 59 މީހަކާއި ފޭދޫގައި އެކަކާއި މަރަދޫގައި ތިން މީހަކާއި މަރަދޫފޭދޫގައި އެކެކެވެ.
މިހާތަނަށް އައްޑޫސިޓިން ވަނީ ޖުމްލަ 347 މީހުން ކޮވިޑަށް ޕޮޒިޓިވެފައެވެ. އޭގެތެރެއިން 274 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ. ބަލިން ފަސޭހަ ވެގެން މިއަދު ދޫކޮށްލައިފައިވަނީ 2 މީހެކެވެ.
އައްޑޫ ސިޓީ ހިތަދޫން ކުއްލިއަކަށް 23 މީހުން ޕޮޒިޓިވް ވުމުން އެއިން އެނގިގެންދިޔައީ ބަލި ފެތުރިފައިވާ މިންވަރު ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ބިދޭސީ 19 މީހުން ހިމެނުމަކީ އިތުރަށް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ވެސް އެފަރާތްތަކުން ވަނީ ބުނެފައެވެ. އެހެން ކަމުން ބިދޭސީން ގެންގުޅޭ ފަރާތްތަކުން ވެސް އެކަމަށް ސަމާލުވެ އެމީހުންގެ ޒިންމާ ފުރިހަމައަށް އަދާ ކުރުމަކީ މުހިންމު ކަމެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. އައްޑޫ އިން ކުއްލިއަކަށް 23 މީހުން ފެނިފައިމިވަނީ ވަރަށް ބޮޑަށް ބަލި ކޮންޓްރޯލް ވެފައިވަނިކޮށްނެވެ.
މި ބަލީގައި އައްޑޫއިިން ވަނީ ދެ މީހަކު ނިޔާވެފައިވެ. މިވަގުތު ހޮސްޕިޓަލުގައި އެޑުމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދަނީ 1 އެވެ.