އައްޑޫ ސިޓީން އިތުރު 20 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މިއަދު ޕޮޒިޓިވް ވެފައިވަނީ ހިތަދޫ ފުލޫ ކުލިނިކަށް ދެއްކި 2 މީހަކާއި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ތިބި 9 މީހަކާއި ރެންޑަމް ސާމްޕަލް އިން ޕޮޒިޓިވްވި 9 މީހެކެވެ.

މިއަދަދާއެކު އައްޑޫގައި އެޓިވް ކޭސްގެ ޖުމްލަ މިހާރުވަނީ 73 އަށް އަރައިފައެވެ. އެއީ ހިތަދޫގައި 63 މީހަކާއި ފޭދޫގައި އެކަކާއި މަރަދޫގައި 2 މީހަކާއި މަރަދޫފޭދޫގައި އެކެކެވެ. މީގެ އިތުރުން ހުޅުދޫގައި 6 މީހުން އެކްޓިވް ކޭސްގެ ގޮތުގައި އެބަތިއްބެވެ.

މިހާތަނަށް އައްޑޫސިޓިން ވަނީ ޖުމްލަ 363 މީހުން ކޮވިޑަށް ޕޮޒިޓިވެފައެވެ. އޭގެތެރެއިން 292 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ. ބަލިން ފަސޭހަ ވެގެން މިއަދު ދޫކޮށްލައިފައިވަނީ 18 މީހެކެވެ.

މިއަދު ޕޮޒިޓިވްވި 20 މީހުންގެ ތެރެއިން 12 މީހުންްނަކީ ދިވެހީންނެވެ. އަނެއް 8 މީހުންނަކީ ބިދޭސީންނެެވެ.

މި ބަލީގައި އައްޑޫއިިން ވަނީ ދެ މީހަކު ނިޔާވެފައިވެ.