އައްޑޫ ސިޓީން އިތުރު 15 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މިއަދު ޕޮޒިޓިވް ވެފައިވަނީ ހިތަދޫން ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން 4 ސާމްޕަލާއި 11 ޑައިރެކްޓް ކޮންޓެކްޓުން ކަމަށް އައްޑޫ ހޮސްޕިޓަލުން ވިދާޅުވިއެވެ. މިއަދު ޕޮޒިޓިވްވި 15 މީހުންގެ ތެރޭގައި ހިމެެނެނީ ފަސް ބިދޭސީންނައި 10 ދިވެހީންނެވެ.

މިއަދަދާއެކު އައްޑޫގައި އެޓިވް ކޭސްގެ ޖުމްލަ މިހާރުވަނީ 82 އަށް އަރައިފައެވެ. އެއީ ހިތަދޫގައި 77 މީހަކާއި ފޭދޫގައި އެކަކާއި މަރަދޫގައި ދެ މީހަކާއި ހުޅުދޫގައި ދެ މީހެކެވެ.

މިހާތަނަށް އައްޑޫސިޓިން ވަނީ ޖުމްލަ 382 މީހުން ކޮވިޑަށް ޕޮޒިޓިވެފައެވެ. އޭގެތެރެއިން 298 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ. ބަލިން ފަސޭހަ ވެގެން މިއަދު ދޫކޮށްލައިފައިވަނީ 6 މީހެކެވެ.

މި ބަލީގައި އައްޑޫއިިން ވަނީ ދެ މީހަކު ނިޔާވެފައިވެ. އައްޑޫ ކޮވިޑް ފެސިލިޓީގައި މިހާރު ފަރުވާ ދެމުން ގެންދާ މީހުންގެ އަދަދަކީ 1 އެވެ.