ކޮވިޑް-19 ޖެހިގެން ލ. ގަމުން މީހަކު މަރުވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ އެރަށުން މަރުވެފައިވަނީ 59 އަހަރުގެ އަންހެނެއް ކަމަށާއި އޭނާ މަރުވެފައިވަނީ މިރޭ 9:23 ގައި ކަމަށެވެ.

އެމީހާ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މިމަހުގެ ފަސްވަނަ ދުވަހުއެވެ. އޭނާ މަރުވެފައިވަނީ ހާލު އިތުރަށް ގޯސްވެ، އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށް ކަމަށެވެ.

މި މަރާއެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 199 އަށް އަރާފަ އެވެ. އެއީ 184 ދިވެހީންނާއި 15 ބިދޭސީންނެވެ.