ރާއްޖެއިން ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު 200 އަށް އަރައިފިއެވެ.

ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނެފައިވަނީ ރޭފަތިހު 05:00 ހާއިރު . ތިނަދޫ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހަކު މަރުވެފައިވާކަމަށެވެ.

މަރުވެފައިވަނީ އުމުރުން 79 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއީ ތިނަދޫއިން މި ބަލީގައި މަރުވި ދެވަނަ މީހާއެވެ.

މީގެ އިތުރުން، ރޭ 09:23 ގައި ލ. ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހަކު ވެސް މަރުވެފައިވާކަމަށް އެޗްޕީއޭ އިން މައުލޫމާތުދެއެވެ. މަރުވެފައި ވަނީ 59 އަހަރުގެ ދިވެހި އަންހެނެކެވެ.