އައްޑޫ ސިޓީން އިތުރު 7 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މިއަދު ޕޮޒިޓިވް ވެފައިވަނީ ހިތަދޫން ނެގި ރެންޑަމް ސާމްޕަލަކާއި ހިތަދޫ ފުލޫކުލިނިކަށް ދެއްކި މީހާކާއި 5 ޑައިރެކްޓް ކޮންޓެކްޓުން ކަމަށް އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލުން ވިދާޅުވިއެވެ. މިއަދު ޕޮޒިޓިވްވި 7 މީހުންގެ ތެރޭގައި ހިމެެނެނީ ފަސް ދިވެހީންނާއި 2 ބިދޭސީންނެވެ.

މިއަދަދާއެކު އައްޑޫގައި އެޓިވް ކޭސްގެ ޖުމްލަ މިހާރުވަނީ 86 އަށް އަރައިފައެވެ. އެއީ ހިތަދޫގައި 83 މީހަކާއި ފޭދޫގައި އެކަކާއި މަރަދޫގައި ދެ މީހެކެވެ.

މިހާތަނަށް އައްޑޫސިޓިން ވަނީ ޖުމްލަ 389 މީހުން ކޮވިޑަށް ޕޮޒިޓިވެފައެވެ. އޭގެތެރެއިން 301 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ. ބަލިން ފަސޭހަ ވެގެން މިއަދު ދޫކޮށްލައިފައިވަނީ 3 މީހެކެވެ.

މި ބަލީގައި އައްޑޫއިިން ވަނީ ދެ މީހަކު ނިޔާވެފައިވެ. ހޮސްޕިޓަލުގައި އެކަކަށް ދަނީ ފަރުވާ ދެމުންނެވެ.