ހާއްސަ އެހީއަށް ބޭނުންވާ މީހުނަށް އަމާޒުކޮށް މާލޭގެ އާޓިފިޝަލް ބީޗުގައި ހަދަން ފެށި ރޭމްޕްގެ މަސައްކަތް ނިންމާލައިފި އެވެ.

އެމްޓީސީސީން ބުނީ މުޖުތަމަޢުގައި ދިރިއުޅޭ ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކުރެވިގެން ހެދިގޮނޑުދޮށުގައި ރޭމްޕް ހެދުމުގެ މަޝްރޫއު ގެ މަސައްކަތް 13 ޖޫން 2021 ވަނަ ދުވަހު ނިމިފައިވާކަމަށެވެ.

ސީއެސްއާރު ޕްރޮޖެކްޓެއްގެ ގޮތުން އެމްޓީސީސީން އެ މަސައްކަތް ފެށީ މިދިޔަ މާޗް މަހު އެވެ.

އެ މަސައްކަތް ކުރިއަށް ގެންދިޔައީ ޔޫތު މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީގެ އިތުރުން މާލޭ ސިޓީ ކައުންސިލާއި މޯލްޑިވްސް އެސޯސިއޭޝަން ފޯ ޕާސަންސް ވިތު ޑިސެބިލިޓީގެ އެހީއާއެކު އެވެ.

މި މަޝްރޫއުގެ ދަށުން، 48.24 އަކަ މީޓަރުގެ ވޯކްވޭއަކާއި ރޭމްޕެއް ހެދުމާއި، ޗޭންޖިންގ ހޮއިސްޓެއް ހެދުމާއި، ޝޭޑިންގް ހަޓެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ.