އައްޑޫ ސިޓީން އިތުރު 7 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މިއަދު ޕޮޒިޓިވް ވެފައިވަނީ ހިތަދޫ ފުލޫކުލިނިކަށް ދެއްކި ދެ މީހަކާއި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ތިބި ފަސް މީހުންނެވެ.

މި ހަތް މީހުންގެ ތެރޭގައި ހިމެނެނީ ފަސް ދިވެހީންނާއި 2 ބިދޭސީންނެވެ. މިއަދަދާއެކު އައްޑޫގައި އެޓިވް ކޭސްގެ ޖުމްލަ މިހާރުވަނީ 92 އަށް އަރައިފައެވެ. އެއީ ހިތަދޫގައި 89 މީހަކާއި ފޭދޫގައި އެކަކާއި މަރަދޫގައި ދެ މީހެކެވެ.

މިހާތަނަށް އައްޑޫސިޓިން ވަނީ ޖުމްލަ 396 މީހުން ކޮވިޑަށް ޕޮޒިޓިވެފައެވެ. އޭގެތެރެއިން 302 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ. ބަލިން ފަސޭހަ ވެގެން މިއަދު ދޫކޮށްލައިފައިވަނީ އެކެކެވެ.

މި ބަލީގައި އައްޑޫއިިން ވަނީ ދެ މީހަކު ނިޔާވެފައިވެ. ހޮސްޕިޓަލުގައި އެކަކަށް ދަނީ ފަރުވާ ދެމުންނެވެ.