ބޭނުންވާ ތަކެތި

750 ގުރާމު ކުކުޅު / 4 ފައި

2 މޭޒުމަތީ ސަމުސާ އިނގުރު، ލޮނުމެދު (ޗަސްކޮށްފައި)

2 މޭޒުމަތީ ސަމުސާ ޕްލޭން ޔޯގަޓް

½ ލުނބޯގެ ހުތް

3 މޭޒުމަތީ ސަމުސާ ތެޔޮ

2 މޭޒުމަތީ ސަމުސާ މުގުރި މިރުސް

1 ސައި ސަމުސާ ގަރަމް މަސާލާ

1 ސައި ސަމުސާ ލޮނު

½ ސައި ސަމުސާ ކާފޫރު ތޮޅި (މުގުރާފައި)

1 މޭޒުމަތީ ސަމުސާ ދިރި (މުގުރާފައި)

ރަތް ކުލަ (ބޭނުންނަމަ)

½ ސައި ސަމުސާ ރީނދޫ

4 މޭޒުމަތީ ސަމުސާ ބަޓަރ

ތައްޔާރުކުރުން

ކުކުޅު ފައިތައް ރަނގަޅަށް ދޮވެލުމަށްފަހު ބޮޑެތިކޮށް ޅިޔަ އަޅާށެވެ. އެއަށްފަހު ބޮޑު ބޯތައްޓަކަށް އަޅާށެވެ. ދެން އެއަށް ލޮނު، އިނގުރު، ލޮނުމެދު، ލުނބޯ ހުތް ޖެހުމަށްފަހު އަތުން ރަނގަޅަށް އެއްކޮށްލުމަށްފަހު ކުކުޅު މަސްތަކުގައި ރަނގަޅަށް އުނގުޅާލާށެވެ. އެއަށްފަހު 10 ވަރަކަށް މިނެޓް މެރިނޭޓް ކުރަން ބަހައްޓާށެވެ. ދެން އެހެން ބޯތައްޓަކަށް ޔޯގަޓް، މުގުރި މިރުސް ،ރީނދޫ، ދިރި، ގަރަމް މަސާލާ، މުގުރި ކާފޫރުތޮޅި، ލޮނުކޮޅެއް، ރަތް ކުލަ ކޮޅެއް އަދި 3 ސަމުސާ ތެޔޮ އަޅައިގެން އެއްކޮށްލާށެވެ. ދެން ކުރިން މެރިނޭޓް ކުރަން ބެހެއްޓި ކުކުޅު ފައިތައް މި ޔޯގަޓް މިކްސް އާ އެއްކުރާށެވެ. އެއަށްފަހު މަތިޖަހާފައި އަނެއްކާވެސް 3 ގަޑިއެއް ހާއިރު މެރިނޭޓް ކުރަން ބަހައްޓާށެވެ. އެއަށްހަފު އަވަން ހޫނު ކޮށް 250 ގައި ހޫނުމިން ބެހެއްޓުމަށްފަހު ކުކުޅުތައް ފިހެލާށެވެ. ކުކުޅުތައް އެއްބަޔަށް ފިހެވުމުން ބަޓަރ ދިޔާކޮށްފައި އުނގުޅަން ވާނެއެވެ. ގާތްގަޑަކަށް 30 މިނެޓުން ކުކުޅުތައް ފިހެވޭނެއެވެ.