ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ މީހަކު މަރުވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގަ ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން 68 އަހަރުގެ ދިވެހި އަންހެނެއް މަރުވެފައިވާ ކަމަށެވެ. މިމީހާ މަރުވެފައި ވަނީ ރޭ ދަންވަރު 2:05 ހާއިރު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިމީހާއެކު ރާއްޖެއިން ކޮވިޑް ބަލީގައި މަރުވި މީހުންގެ ޢަދަދުވަނީ 202އަށް އަރާފައެވެ. މީގެ ތެރޭގައި ހިމެނެނީ 185 ދިވެހިންނާއި 17 ބިދޭސީންނެވެ.

ކޮވިޑް-19 އަށް ފަރުވާދެމުންދިޔަ މީހަކު އިއްޔެވެސް ވަނީ މަރުވެފައެވެ. އިއްޔެ މަރުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލައިގަ ފަރުވާ ދެމުންދިޔަ އުމުރުން 70 އަހަރުގެ ދިވެހި ފިރިހެނެކެވެ.