ރާއްޖެއިން ކޮންމެދުވަހަކު ވެސް ކޮވިޑަށް ޕޮޒިޓިވް ވާ ޢަދަދު ދުވަސްތަކަށް ފަހު 200 އިން ދަށަށް ހިނގައްޖެ އެވެ.

އެގޮތުން އިއްޔެ އިރުއޮއްސި 6 ން މިއަދުގެ އިރުއޮއްސި 6 އަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ 142 މީހުން ނެވެ.

އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 51 މީހުން އަތޮޅުތަކުން 88 މީހުން ހިމެނެ އެވެ. އަދި އޮޕަރޭޝަނަލް ރިސޯޓުތަކުން 2 މީހުންނާއި ލައިވް ބޯޑުތަކުން އެކަކު ވެސް ވަނީ ޕޮޒިޓިވް ވެފަ އެވެ.

މިއާއެކު ރާއްޖެއިން 71،498 މީހުން ޕޮޒިޓިވް ވެފައިވާ އިރު، މިބަލިން ރަނގަޅުވެފައިވަނީ 65،178 މީހުން ނެވެ.

ހޮސްޕިޓަލުގައި އެޑްމިޓްކޮށް 53 މީހުންނަށް އަންނަނީ ފަރުވާ ދެމުން ނެވެ. އަދި 203 މީހުން ވަނީ މަރުވެފަ އެވެ.