އައްޑޫ ސިޓީން އިތުރު 7 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މިއަދު ޕޮޒިޓިވް ވެފައިވަނީ ހިތަދޫ ފުލޫކުލިނިކަށް ދެއްކި 4 މީހަކާއި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ތިބި 3 މީހުންނެވެ.

މިއަދަދާއެކު އައްޑޫގައި އެޓިވް ކޭސްގެ ޖުމްލަ މިހާރުވަނީ 97 އަށް އަރައިފައެވެ. އެއީ ހިތަދޫގައި 94 މީހަކާއި ފޭދޫގައި އެކަކާއި މަރަދޫގައި ދެ މީހެކެވެ.

މިހާތަނަށް އައްޑޫސިޓިން ވަނީ ޖުމްލަ 403 މީހުން ކޮވިޑަށް ޕޮޒިޓިވެފައެވެ. އޭގެތެރެއިން 304 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ. ބަލިން ފަސޭހަ ވެގެން މިއަދު ދޫކޮށްލައިފައިވަނީ 2 މީހުންނެެވެ.

މި ބަލީގައި އައްޑޫއިިން ވަނީ ދެ މީހަކު ނިޔާވެފައިވެ. ހޮސްޕިޓަލުގައި އެކަކަށް ދަނީ ފަރުވާ ދެމުންނެވެ. އިއްޔެ ވެސް އައްޑޫ އިން ޕޮޒިޓިވްވެފައިވަނީ 7 މީހެކެވެ.