ކޮވިޑް ޖެހިގެން އިންޑިއާގެ މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މަރުވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ 55 އަހަރުގެ އިންޑިއާގެ ފިރިހެނެއް ކަމަށެވެ. އޭނާ މަރުފެފައު ވަނީ ރޭ ދަންވަރު 1:30 ގައެވެ.

މިއީ މިއަދު މި ބަލީގައި މަރުވި ދެވަނަ މީހާ އެވެ. މިއަދު ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 41 އަހަރުގެ ދިވެހި ފިރިހެނަކު ވެސް މަރުވެފަ އެވެ.

މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 205 އަށް އަރާފަ އެވެ.

ކޮވިޑްގެ 6930 އެކްޓިވް ކޭސް މިވަގުތު އުޅޭއިރު، އޭގެތެރެއިން 67 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.