އައްޑުސިޓީން އިތުރު 5 މީހަކު މިއަދު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މިއަދު ޕޮޒިޓިވްވި 5 މީހުންގެ ތެރެއިން 4 މީހުންނަކީ ހިތަދުއަށް ނިސްބަތްވާ މީހުންނެވެ. އަނެއް މީހާއަކީ މަރަދޫ މީހެކެވެ. 5 މީހުންނަކީ ވެސް ދިވެހީން ކަމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު) އިން ވިދާޅުވިއެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭގައި ޕޮޒިޓިވްވި 5 މީހުންގެ ތެރޭގައި ހިމެނެނީ ހޯމްކަރަންޓީނުގައި ހުރި މީހަކާއި ފުލޫކުލިނިކަށް ދެއްކި މީހަކާއި ޑައިރެކްޓް ކޮންޓެކްޓުގެ ގޮތުގައި ތިބި 2 މީހުން ނެވެ.

މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް އެކްޓިވް ކޭސް ގެ ގޮތުގައި ހިތަދޫއިން 114 އަދި މަރަދޫ އިން 3 ކޭސް ވަނީ ރެޖިސްޓަރ ކޮށްފަ އެވެ. އަދި ޑައިރެކްޓް ކޮންޓެކްޓުންގެ ޖުމްލަ އަދަދު ހުރީ 353 ގަ އެވެ. ބަލިން ރަނގަޅުވެގެން މިއަދު ވަނީ 7 މީހުން ދޫކޮށްލައިފައެވެ.

އައްޑުސިޓީގެ ޖުމްލަ ކޭސްތަކުގެ ޢަދަދަކީ 433 އެވެ. އޭގެތެރެއިން 314 މީހުން ވަނީ އެބަލިން ރަނގަޅުވެފަ އެވެ. އަދި އައްޑު ސިޓީން ކޮވިޑު ބަލީގައި 2 މީހަކު ވަނީ މަރުވެފަ އެވެ.