އއ. މަތިވެރިން ހަތް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މަތިވެރި ހެލްތު ސެންޓަރުން ބުނީ ރޭ 11:00 އާއި ހަމައަށް މަތިވެރިން މުޅިން އާ ހަތް ކޭސް ފެނިފައިވާ ކަމަށާއި އަދި ނަތީޖާ ނުލިބޭ އެއް ސާމްޕަލް އެބައޮތް ކަމަށެވެ.

ޕޮޒިޓިވް ވި މީހުންގެ ތެރޭގައިލ ކަންނެލި މަސްވެރިކަން ކުރާ ދޯންޏަކުން މާލެ ފޭބި މީހެއް ހިމެނެއެވެ.

ޕޮޒިޓިވް ކޭސްތަކާ ގުޅިގެން މަތިވެރި މިވަގުތު އޮތީ މޮނީޓަރިން ހާލަތުގައެވެ.