13 އަހަރުގެ ކުއްޖާ މަރާލި މައްސަލައިގެ ހަބަރު ފެތުރި ގޮތުން ޖެންޑާ މިނިސްޓްރީން "އަވަސް" އޮންލައިން ޖޫރިމަނާ ކޮށްފިއެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ ކުޑަކުދިންގެ ކަރާމާތް ގެއްލޭގޮތަށް މީޑިއާގައި މައުލޫމާތު ހާމަކުރަމުންދާތީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) އާއި، 33 ވަނަ މާއްދާ އަދި 53 ވަނަ މާއްދާގެ ދަށުން އަވަސް އޮންލައިން 2000 ރުފިޔާ އިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

އަދި އެ ހަބަރު ފެތުރި ގޮތުން ވަން އޮންލައިން އަދި އަދަދު އޮންލައިން އަށް ނަސޭހަތް ދީފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މީޑިއާ ކައުންސިލުން ދާދިފަހުން އާންމުކުރި ގަވާއިދުގައިވާ ގޮތުން ކުޑަކުދިން ކުރާ ކުށްތަކާ ގުޅޭ މައުލޫމާތު މީޑިއާތަކުން ހާމަކުރާއިރު, މީހަކު 18 އަހަރުވުމުގެ ކުރިން ކޮށްފައިވާ ކުށަކާ ގުޅޭ މައުލޫމާތު މީޑިއާގެ އެއްވެސް ވަސީލަތެއްގައި ނުވަތަ އެނޫންވެސް ވަސީލަތެއްގައި ވެސް ހާމަކޮށްގެން ނުވާނެއެވެ.