ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ޖަރުމަނުވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ ކަމަށްވާ ބުންޑެސްޓާގްގެ ރައީސް ވުއަލްފްގަންގް ޝުއައިބުލައާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ޖަރުމަނުވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ކަމަށްވާ ބުންޑެސްޓާގްގެ ރައީސާއެކު މިއަދު ބޭއްވެވި އެ ބައްދަލްވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ރަހުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. އަދި ޖަރުމަނުވިލާތުގެ އިންސްޓިޓިއުޓެއް ކަމަށްވާ މެކްސް ޕްލޭންކް ފައުންޑޭޝަން ފޯ އިންޓަނޭޝަނަލް ޕީސް އެންޑް ދަ ރޫލް އޮފް ލޯ އިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މަޖިލީހުގެ އިދާރާގެ މުވައްޒިފުންނަށް ފޯރުކޮށް ދެމުންދާ ގެންދާ ތަމްރީންތައް ފާހަގަކޮށް ރައީސް ނަޝީދު ވަނީ ޝުކުރު އަދާ ކުރައްވާފަ އެވެ.
ނަޝީދު ޖަރުމަނުވިލާތަށް ވަޑައިގެންނެވީ މިދިޔަ މަހުގެ ހަވަނަ ދުވަހުގެރޭ އެމަނިކުފާނު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ލިބިވަޑައިގެންނެވި ޒަހަމްތަކަށް އިތުރު ފަރުވާ ހޯއްދެވުމަށެވެ.