އައްޑު ސިޓީން އިތުރު 7 މީހުން ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މިއަދު ޕޮޒިޓިވް ވެފައިވަނީ 4 ދިވެހީންނާއި 3 ބިދޭސީން ކަމަށް އަައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު) އިން ވިދާޅުވިއެވެ. އޭގެ ތެރޭގައި ހިމެނެނީ ޕޮޒިޓިވްވެފައި ތިބި ބަޔަކާ ސީދާ ދިމާވެފައި ތިބި 6 މީހަކާއި ސަވައިލަންސް ސާމްޕަލަކުން ޕޮޒިޓިވްވި މީހެއް ކަމަށް ވެސް ހޮސްޕިޓަލުން ވިދާޅުވިއެވެ.

އެކްޓިވް ކޭސް ގެ އަދަދުތަކަށް ބަލާ އިރު، ހިތަދޫގައި 133 މީހުން އެބަތިއްބެވެ. މަރަދޫގައި 4 މިހުން އެބަތިއްބެވެ. އައްޑޫގެ އެހެން ރަށެއް ނުވަަތަ ރިސޯޓެއްގައި ވެސް އިތުރު ކޭސް އެއް މިވަގުތު ނެތެވެ.

މިއަދު ޕޮޒިޓިވްވިި 7 މީހުންނާއެކު އައްޑޫ އިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 458 އަށް އަރައިފައެވެ. މިބަލިން ވަނީ 319 މީހުން ފަސޭހަވެފައެވެ. އަދި ދެ މީހަކު ވަނީ އައްޑޫ އިން ނިޔާވެފައެވެ.