އައްޑު ސިޓީން އިތުރު 6 މީހުން ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މިއަދު ޕޮޒިޓިވް ވެފައިވަނީ ހޯމްކަރަންޓީނުގައި ހުރި ބިދޭސީއަކާއި ޕޮޒިޓިވްވެފައި ތިބި ބަޔަކާ ސީދާ ދިމާވެފައި ތިބި 5 މީހެކެވެ. އެ ފަސް މީހުންނަކީ ދިވެހީންނެވެ.

މި 6 މީހުންގެ ތެރެއިން ތިން މީހުން ޕޮޒިޓިވް ވެފައިވަނީީ ހިތަދޫންނެވެ. އަނެއް ތިން މީހުން ޕޮޒިޓިވްވެފައިވަނީ މަރަދޫ އިން ކަމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ވިދާޅުވިއެވެ.

އެކްޓިވް ކޭސް ގެ އަދަދުތަކަށް ބަލާ އިރު، ހިތަދޫގައި މިހާރު ތިބީ 122 މީހުންނެވެ. މަރަދޫގައި ތިބީ 7 މީހުންނެވެ. ހިތަދުއާއި މަރަދޫ ފިޔަވައި އައްޑޫ ސިޓީގެ އެހެން ރަށެއްގައި އެކްޓިވް ކޭސް އެއް ނެތެވެ.

މިއަދު ޕޮޒިޓިވްވިި 6 މީހުންނާއެކު އައްޑޫ އިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 458 އަށް އަރައިފައެވެ. މިބަލިން ވަނީ 333 މީހުން ފަސޭހަވެފައެވެ. އަދި ދެ މީހަކު ވަނީ އައްޑޫ އިން ނިޔާވެފައެވެ. ބަލިން ފަސޭހަވެގެން މިއަދު ދޫކޮށްފައިވަނީ 7 މީހުންނެވެ.