އަންނަ ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކްރިމިނަލް ކޯޓު ރިސެސްއަށް ދިޔުމަށް ނިންމައިފިއެވެ.
ކްރިމިނަލް ކޯޓުން ބުނީ ރިސެސްގެ މުއްދަތުގެ ތެރޭގައި ކޯޓުގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ކޮންމެހެން ބާއްވަން ޖެހޭ ހާއްސަ ޝަރީއަތްތައް އެކަނި ކަމަށެވެ.
ނަމަވެސް ކުށުގެ ތުހުމަތުގައި ހައްޔަރު ނުވަތަ ބަންދުކުރެވޭ ފަރާތްތަކުގެ ބަންދާމެދު ގޮތެއް ނިންމުމަށް ބާއްވާ މަޖިލިސްތައް ބޭއްވުމާއި އަދި ތަހުގީގުކުރާ އިދާރާތަކުން އެދޭ އަމުރުތައް ނެރުމުގެ މަސައްކަތް ކުރިޔެކޭ އެއްގޮތަށް ކުރަމުން ގެންދާނެ ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.
މީގެއިތުރުން މުރާޖައާކުރެވުނު ޖިނާއީ އިޖުރާއަތުގެ ގަވާއިދަށް ކްރިމިނަލް ކޯޓުގެ ގާޒީންނާއި، ލީގަލް މުވައްޒަފުން އަހުލުވެރި ކުރުވުމުގެ ގޮތުން ބާއްވާ ޕްރޮގްރާމްތައް ރިސެސްގެ މުއްދަތުގައި ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. އަދި މި މުއްދަތުގެ ތެރޭގައި ދިވެހި ބަހުގެ އެކަޑަމީއާ ގުޅިގެން ކޯޓުގެ މުވައްޒަފުން ދިވެހި ބަަހަށް އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމެއް ވެސް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.