ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

ޑރ. ހުސައިންއަށް ރުހުން ދީފައިވަނީ ވޯޓުގައި ބައިވެރިވި 55 މެމްބަރުންގެ ވޯޓުންނެވެ.

ފިޝަރީޒް މިނިސްޓަރު ކަމަށް ޑރ. ހުސައިން އައްޔަނު ކުރައްވާފައިވަނީ މިދިޔަ މަހުގެ ފަސްވަނަ ދުވަހު އެވެ.

ފިޝަރީޒް މިނިސްޓަރުކަމާ ހަވާލުވުމުގެ ކުރިން ޑރ ހުސައިން ހުންނެވީ އެންވާރަމެންޓް މިނިސްޓަރުގެ މަޤާމުގައެވެ. ޑރ. ހުސައިން އެ މަގާމަށް އައްޔަނު ކޮށްފައިވަނީ ކުރީގެ މިނިސްޓަރު ޒަހާ ވަހީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމުންނެވެ.