އައްޑު ސިޓީން ކޮވިޑް 19 އަށް މިހާތަނަށް ޕޮޒިޓިވްވި 465 މީހުންގެ ތެރެއިން 361 މީހުން ބަލިން ފަސޭހަ ވެއްޖެ ކަމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ވިދާޅުވެއްޖެެއެވެ.

މިބަލިން ފަސޭހަ ވެެގެން މިއަދު އެކަނި ވަނީ 28 މީހުން ދޫކޮށްލައިފައެވެ. އައްޑޫ ސިޓީން މިއަދު ޕޮޒިޓިވް ވެފައިވަނީ ވެސް އެންމެ މީހެކެވެ. އެއީ ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓް ވެފައިވާ ދިވެއްސެއް ކަމަށް ހޮސްޕިޓަލުން ވިދާޅުވިއެވެ. އޭނާ ޕޮޒިޓިވް ވެފައިވަނީ ހިތަދޫން އިންނެވެ.

އެކްޓިވް ކޭސް ގެ އަދަދުތަކަށް ބަލާ އިރު، ހިތަދޫގައި މިހާރު ތިބީ 95 މީހުންނެވެ. މަރަދޫގައި ތިބީ 7 މީހުންނެވެ. އައްޑޫގެ އެކްޓިވް ކޭސްގެ ޖުމްލައަކީ 102 އެވެ. ހިތަދުއާއި މަރަދޫ ފިޔަވައި އައްޑޫ ސިޓީގެ އެހެން ރަށެއްގައި އެކްޓިވް ކޭސް އެއް ނެތެވެ.

މިބަލީގައި ދެ މީހަކު ވަނީ އައްޑޫ އިން ނިޔާވެފައެވެ. ޑައިރެކްޓް ކޮންޓެކްޓުންގެ އަދަދަކީ 315 އެވެ.