ސީއެންއެން ގެ ރިޕޯޓަރ އެލިސިން ކެމަރޯޓާއަށް ފިލްމް އުފެއްދުންތެރިޔާ ނިކް ގޫތު ކިޔާދިންގޮތުގައި އޭނާގެ އަންހެނުން މަރުވުމުގެ މަސްތަކެއްކުރިން "ކޯވިޑް ލޯންގް ހައުލް" އަލާމާތްތަކާ ހަނގުރާމަ ކުރަން ޖެހުނެވެ. "ކޯވިޑް ލޯންގް ހައުލް" އަކީ ކޯވިޑް-19 އަށް ފައްސި ވުމަށްފަހު ބަލިން ރަނގަޅުވެ ނައްސި ނަތީޖާއެއް ލިބި އަދި އެހެންމީހުނަށް ބަލިފެތުރުމުގެ ނުރައްކަލެއް ނެތް ކަމުގައިވިޔަސް ކޯވިޑް ގެ އަލާމާތްތައް ދިގު މުއްދަތަކަށް ތަހައްމަލު ކުރަންޖެހޭ މީހުންނެވެ.

ނިކް ބުނިގޮތުގައި ހުސްވި ހޫނު މޫސުމުގައި އޭނާގެ އަންހެނުން، ފްރޭރް "ގޮތް ނެގޭ" ރިހުމެއް ފަޔަށް އިހުސާސް ވާން ފެށިއެވެ. އަދި، ހަމަ މިކަމާއި ވިދިގެން ކާތަކެތި ހަޖަމުކުރުމުގައި އުނދަގޫ ތަކެއް ދިމާވާން ފެށިއެވެ. އަދި ގައިގައި ރިއްސުމާއި އެނދުން ތެދުވާ ކޮންމެ ފަހަރަކު ހިތުގެ ވިންދު އަވަސްވާން ފެށިއެވެ. ފްރޭރް މަރުވުމުގެ ހަފްތާތަކެއްކުރިން ނާރުގެ މައްސަލަތަކެއް ދިމާވެ މިހާ ތުރުތުރު އަޅަންފެށިއެވެ. އަދި ނިދަން އުނދަގޫ ވިއެވެ. ނިކް ބުނިގޮތުން އޭނާގެ އަންހެނުންނަށް އެންމެ ގިނައިންވެސް ނިދާލެވެނީ ފަހަރަކު ގަޑިއެއް ހާއިރުއެވެ.

ނިކް ބުނިގޮތުގައި މިމައްސަލަތަކަށް ޖަވާބު ހޯދަން ވަރަށް މަސައްކަތް ކުރެވުނެވެ. ނަމަވެސް ޑޮކްޓަރުން ބުނަނީ މުޅިންވެސް އެހެން މައްސަލަ ތަކެއްގެ ވާހަކައެވެ. އަދި ފްރޭރް ތަހައްމަލް ކުރަމުންދާ އުނދަގޫތަކާއި ދިމަވާ ކަންކަން ބުނެދޭން ނޭގުނެވެ. ފްރޭރް އަށް ދިމާވެގެން އުޅޭ މައްސަލަ ދެނެގަންނަން އެތައް މަސައްތަކެއް ކުރެވުނުކަންނިކް ސީއެންއެން ރިޕޯޓަރު ގާތު ކިޔާދިނެވެ. އަދި އެންމެ ފަހުން ފްރޭރް އަށް ދިމާވެގެން އުޅޭ މައްސަލައަކީ "ކޯވިޑް ލޯންގް ހައުލް" ކަން ޑަކްޓަރުން އެތަކެއް ތަހުލީލަކަށް ފަހު ބުނިކަމަށް ވެއެވެ. ނިކް ބުނި ގޮތުގައި "ކޯވިޑް ލޯންގް ހައުލް" މީހުނަށް ދެވޭ ސަމާލުކަން މިހާރުވެސް ކުޑައެވެ.

ބައެއް ތަޖުރިބާ ކާރުން ބުނާ ގޮތުގައި ފްރޭރް އަކީ ކޯވިޑް-19 އަށް ފައްސިވެ ރަގަޅުވުމަށް ފަހު "ކޯވިޑް ލޯންގް ހައުލް" ތަހައްމަލް ކުރާ އެތައް މިލިއަން މީހުންގެ ތެރެއިން އެކަކެވެ. އެމެރިކާގެ ނެޝަނަލް އިންސްޓިޓުއުޓްސް އޮފް ހެލްތް ގެ ޑިރެކްޓަރ ޑރ. ފްރޭންސިސް ކޮލިންސް ވިދާޅުވި ގޮތުގައި މިކަމާއި ގުޅޭގޮތުން ހެދުނު އަސާސީ ދިރާސާތައް ދައްކާ ގޮތުން ކޯވީޑް-19 އަށް ފައްސިވާ މީހުންގެ ތެރެއިން 10 އިން ސައްތަ އާއި 30 އިން ސައްތައާއި ދެމެދުގެ މީހުން ބަލިން ރަގަޅުވުމަށް ފަހު ދިގުމުއްދަތަށް ދެމިގެންދާ ސިއްޙީ އެކިއެކި މައްސަލަތަކާއި ކުރިމަތިލާންޖެހެއެވެ.

މިގޮތުން ފެނިދާނެ އެތަކެއް ސަތޭކަ އަލާމަތްތަކެއް ވެދާނެ ކަމަށް ޑރ. ކޮލިންސް ލިޔުއްވާފައިވެއެވެ. ވަރުބަލިވުމާއި، ނޭވާ ކުރުވުމާއި، ނިދަން އުނދަގޫވުމާއި ގޭހުގެ އުދަގޫތައް ދިގުމުއްދަތަކަށް ތަޙައްމަލު ކުރަންޖެހުމަކީވެސް މިކަމުގެ ބައެއް އަލާމާތްތަކެވެ. "އަދި މިކަންތައްތައް އާދައިގެ މިންވަރަކަށް ތަޙައްމަލުވުމުން ފެށިގެން އިންސާނަކަށް ކެތްނުކުރެވާ ދަރަޖައަށްވެސް ހިނަގައިދާނެ" ޑރ. ކޮލިންސް ފެބްރުއަރީ މަހު ލިޔުއްވި ކޮވިޑް-19 ގެ ޖެހުމަށްފަހު ދިމާވެދާނެ ކަންކަމުން ރައްކާތެރިވުމާއި ދެނެގަތުމާއި ފަރުވާ ކުރުމާއި ގުޅޭގޮތުން ފާހަގަ ކުރެއްވިއެވެ.

އަދި، މިވަގުތަށް މިކަމަކީ ބުނެދޭން ނޭގޭ ކަމެކެވެ. ކޯވިޑް ލޯންގް ހައުލް ދެނެގަތުމަށް ހެދޭނެ ޓެސްޓެއް، ދެވޭނެ ފަރުވާއެއް އަދި މިފަދަ އަލާމަތްތައް ފެންނާނީ ކޮންކޮން ބައެއްގެ ކިބައިން ކަމެއް ނުވަތަ އެ އަލާމަތްތަކަކީ ކޮބައިކަން ބުނެދޭން ޑޮކްޓަރުންނަށްވެސް ވަނީ ނުކުޅެދިފައެވެ.

ނިކް ބުނި ގޮތުގައި އޭނާގެ އަނބިމީހާ ކޯވިޑް ވެކްސިން ޖެހީ ހުސްވި މާރިޗު މަހުގެ ތެރޭގައެވެ. އެވެސް މި އަލާމާތްތަކުން ކޮންމެވެސް ވަރެއްގެ ލުއިތަކެއް ލިބޭކަމަށް ބައެއް ފަރާތްތަކުން ބުނުމުންނެވެ. ނަމަވެސް ފްރޭރް އަށް ކުޑަ މިންވަރެއްގެ ލުޔެއްވެސް ނުލިބުނެވެ. އަދި ފްރޭރްގެ ހަޔާތުގެ އެންމެ ފަހު މަސްތަކުގައި "ބްރޭން ފޮގް" އާއި ކުރިމަތިލާން ޖެހުނެވެ. މިކަމުގެ ސަބަބުން ކަންކަމަށް ސަމާލުކަން ދެވޭ މިންވަރު ކުޑަވެ، އެއްޗެއް ކިޔާލަން އިނުންވެސް ދަތިވިއެވެ. ފްރޭރް ބުނިގޮތުގައި "މި އަލަމާތްތައް ބޮޑުވެއްޖެ ނަމަ ހަދާނެ ގޮތެއް، ކުރާނެކަމެއްވެސް ނޭގޭ". ނިކް ބުނީ އަބަދުވެސް ބުނެވެނީ "ކެތް ކޮށްލާ! މިއިން ޒަމާނެއްގައިވެސް މެޑިކަލް ސައިންސް ކުރިނާރާ ބާރު ސްޕިޑެއްގައި ކުރިއަރަމުން އެބަދޭ!" އެހެންނަމަވެސް "އަހަނަށް ހީވަނީ ފްރޭރް އަށް ގަބޫލުކުރެވުނީ އެނާ ނިކަމެތިވަމުންގޮސް ހިނގާ ބިނގާ ނޫޅެވޭ ވަރުވެ އަދި އަމިއްލައަށް ފެންވަރާލެވޭ ވަރުވެސް ނުވެދާނެ ހާލަތެއް އަތުވެދާނެކަމަށް"

ނިކް ބުނީ ގޮތުގައި ކޯވިޑް ލޯންގް ހައުލް ތަޙާއްމަލު ކުރާ އެހެންމީހުނަސްވެސް ލިބޭ މެސެޖް ހުސްވި ހަފްތާގެ ބުދަދުވަހު ނިކްއަށްވެސް ލިބުނު ކަމަށެވެ. "ކެތްކޮށްލާ!" ނިކް ބުނީ "މިހާރު ސަރުކާރުން މިކަމާ މަސއްކަތްތަކެއް ކުރަން ފަށަންވެއްޖެ. ތަހުލީތައް ކުރުމަށާއި ދިރާސާކުރުމަށް ފަންޑު ކުރަންވެއްޖެ. އަދި ފްރޭރް ފަދަ މީހުންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭނޭ ޚިދުމަތް ގާއިމް ކުރަންވެއްޖެ!" އަދި "މިކަމާ ސަމާލު ވާން ވެއްޖެ! މައްސަލައަކީ ހަމައެކަނި އަމިއްލައަށް މަރުވުމެއް ނޫން! ކޯވިޑް-19 ޖެހުމަށް ފަހު އަލުން މަސައްކަތާއި ގުޅޭ މީހުންނާ! މިއީ އިޤްތުޞާދީ މަސައްލައެއް! އަހަރެމެން އެތަކެއް ބަޔަކު ތަމްރީނު ކޮށްފިން.... ނަމަވެސް، ވަރުބަލިކަމާއި، އެނދުމަތި ވުމުގެ ސަބަބުން މަސައްކަތުގެ މާޙައުލަށް އެނބުރި ނުކުތުމަށް ނުކުޅެދިފައިވޭ!"