އައްޑު ސިޓީން ކޮވިޑް 19 އަށް މިއަދު ވެސް ޕޮޒިޓިވް ވެފައިވަނީ އެކަކު ކަމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު) އިން ވިދާޅުވެއްޖެއެވެ.

އެ ހޮސްޕިޓަލުން ވިދާޅުވީ މި އަދު ޕޮޒިޓިވް ވެފައިވަނީ މަރަދޫގައި ހޯމް ކަރަންޓީނުގައި ހުރި ދިވެއްސެއް ކަމަށެވެ. މިހާރު އައްޑޫ ސިޓީން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 466 އަށް އަރައިފައެވެ. އޭގެތެރެއިން ބަލިން ފަސޭހަވެފައިވާ މީހުންގެ އަދަދަކީ 380 އެވެ. މިހާރު އެކްޓިވް ކޭސްގެ ޖުމްލަ އަދަދަކީ 84 އެވެ. ބަލިން ފަސޭހަވެގެން މިއަދުވަނީ 19 މީހަކު ދޫކޮށްލައިފައެވެ.

މި ބަލިޖެހިފައި ތިބި މީހުންގެ ތެރެއިން ހިތަދޫގައި މިހާރު ތިބީ 78 މީހުންނެވެ. މަރަދޫގައި 6 މީހެކެވެ. އައްޑޫގެ އިތުރު ރަށެއްގައި އެކްޓިވް ކޭސް އެއް ނެތެވެ. މި ބަލީގައި މިހާތަނަށް އައްޑޫ އިން ވަނީ 2 މީހަކު ނިޔާވެފައެވެ.

ޑައިރެކްޓް ކޮންޓެކްޓުންގެ އަދަދު މިހާރުވަނީ 299 އަށް މަދުވެފައެވެ. އައްޑޫއިން އިއްޔެ ވެސް ޕޮޒިޓިވްވީ އެންމެ މީހެކެވެ.